ކ. މާލެ
|
16 މާރޗް 2018 | ހުކުރު 19:30
އުތުރުކޮރެއާގެ އުޅަނދާއި ދިވެހިރާއްޖޭގެ ދިދަ ބޭނުން ކުރި އުޅަނދު ސްމަގުލްކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް
އުތުރުކޮރެއާގެ އުޅަނދާއި ދިވެހިރާއްޖޭގެ ދިދަ ބޭނުން ކުރި އުޅަނދު ސްމަގުލްކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް
ޖަޕާން - މިނިސްޓްރީ އޮފް ޑީފެންސް
ތެޔޮ ޓޭންކަރު މައްސަލަ
ތެލުގެ ވިޔަފާރި ކުރުމަށް 27 ޓޭންކަރު ރައީސް ޔާމީން ގެންގުޅުއްވާ!
2000 ގެ ކުރީގެ އަހަރުތަކުގައި މިޔަންމާ އާއި ތެލުގެ ވަގުވިޔަފާރި ރައީސް ޔާމިން ކުރެއްވި ކަމަށް ތުހުމަތުކުރެވޭ

ތެލުގެ ވަގު ވިޔަފާރި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން 27 ޓޭންކަރު ގެންގުޅުއްވާ ކަމަށް ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އދ ގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށް މިވަގުތު އެމެރިކާގައި ހުންނެވި ނަސީމް އެޓްލާންޓިކް ކައުންސިލްގެ ދެކުނު އޭޝިއާ ސެންޓަރުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ޔާމީންގެ އާއިލާގެ ބޭފުޅަކު ބޭންކް އޮފް މޯލްޑިވްސްއިން ނެންގެވި 4 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީއެއްގެ ގޮތުގައި ބެންކުގައި ތެޔޮ ޓޭންކަރު މޯގޭޖް ކުރެއްވި ކަމަށެވެ.

ހަމައެހެންމެ ރައީސް ޔާމީން 27 ޓޭންކަރުގެ ފްލީޓެއް ގެންގުޅުއްވާ ކަމަށް ގުޅިފައިވާ ޕާޓީތަކައް ގަބޫލުކުރެވޭ ކަމަށާއި މިއީ އދ އިން އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ކުރަމުންގެންދާ ކަމެއް ކަމަށް ވެސް ނަސީމް ވިދާޅުފައިވެއެވެ. މިއީ ރައީސް ޔާމީނަށް އާ ކަމެއް ނޫން ކަމަށާއި 2000 ގެ ކުރީގެ އަހަރުތަކުގައި މިޔަންމާ އާއި ތެލުގެ ވަގުވިޔަފާރި ރައީސް ޔާމިން ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް އެ ފާހަގަކުރެއްވި ޓޭންކަރަކީ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ޓޭންކަރެކެވެ. އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާކާއި މި އުޅަނދާއި ދެމެދު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުގައި މުއާމަލާތްތަކެއް ކުރި މަންޒަރު ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ވަނީ ފެނިފައެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ މި ތެޔޮ ޓޭންކަރަކީ ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް އެއްޗެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ދިވެހި ރައްޔިތަކު ހައްޔަރުކޮށްވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 މާރޗް 2018 | ހުކުރު 17:35
hahahha
meehun moyahahdhaa hahahaha
16 މާރޗް 2018 | ހުކުރު 17:35
hahahha
meehun moyahahdhaa hahahaha
16 މާރޗް 2018 | ހުކުރު 15:14
ބޮޑު މުހައްމަދު
ވާއޮ ސަޅި