ކ. މާލެ
|
16 މާރޗް 2018 | ހުކުރު 19:20
ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް - އޭނާ ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާ އެކު ނުތިބޭނެ ކަމަށް
ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް - އޭނާ ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާ އެކު ނުތިބޭނެ ކަމަށް
ގޫގުލް
ކުއްލި ނުރައްކަލުގެ ހާލަތު
އަބްދުއްރަހީމްގެ ވާހަކަތަކަށް ދީނީ އިލްވެރިން ފާޑުވިދާޅުވެއްޖެ
އަބްދުއް ރަހީމް ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާ އެކު ނުތިބޭނެ ކަމަށް
ޑރ. އިޔާޒް ވިދާޅުވީ ގެއްލިފައިވާ ހައްޤުތައް ހޯދުމަށް ކުރާ މަސައްކަތަކީ އިސްލާމް ދީނާއި ދެކޮޅުވުންކަމަށް ނުބުނެވޭނެ
ޝެއިހު އަލީ ޒައިދު ވިދާޅުވީ ފާޅުވެގެންވާ ކުފުރެއް ނުފެންނަހާ ހިނދަކު މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުބުނެވޭނެކަމަށް

އިދިކޮޅު އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް، ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތަކަށް ދީނީ އިލްމްވެރިން ފާޑުވިދާޅުވެއްޖެ އެވެ.

 

އިދިކޮޅު އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ޕީޕިއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނިކޮށް، މަޝްއޫރު ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެއްލިފައިވާ ހައްޤުތައް ހޯދުމަށް ދީނީ މިންގަޑުތަކުން ބޭރު ނުވާގޮތަށް ކުރާ މަސައްކަތަކީ އިސްލާމް ދީނާއި ދެކޮޅުވުންކަމަށް ނުބުނެވޭނެ ކަމަށެވެ. އެގެއިތުރުން ޑރ. އިޔާޒް ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވައްކަންކުރުމާއި އަމާނާތަށް ހިޔާނަތްތެރިވުމާއި އަނިޔާވެރިކަމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާކަންކަމަށެވެ. 

 

 

އޭގެއިތުރުން މަޝްއޫރު ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަރުޟު ފަސް ނަމާދާއި، ރޯދަޔާއި ޝާހަދަތުގެ ދެ ކަލިމައިގެ މަތީގައި ތިބި ގިނަ ބަޔަކަށް ވަކިކަމަކާއި ގުޅުވައި އެއީ އިސްލާމް ދީނުގެ އަދުއްވުންނޭ މުހާތަބުކުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި ފާޅުވެގެންވާ ކުފުރެއް ނުފެންނަހާ ހިނދަކު މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުބުނެވޭނެކަމަށް ޝައިހު ވިދާޅުވި އެވެ. 

 

 

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާ އެކު ނުތިބޭނެ ކަމަށެވެ. އިދިކޮޅުގެ އެއްވުންތަކުގައި ބައިވެރިވަނީ އިސްލާމްދީނާ ދެކޮޅު މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
16 މާރޗް 2018 | ހުކުރު 21:10
އަދޭ
އަދުރޭގެ ރައީސަށް ޙަރަމް ބަންނަން ދަސްކޮށްދީ ބަލަނަމާދުގައި ކިޔާ ތަކެތި ވެސް ނޭގޭނެ.
16 މާރޗް 2018 | ހުކުރު 15:17
ލައިސާޓް
އަޅުގަނޑު މިރޭގެ މުޒާހަރާ އަށް ދާނަން އަދި މުޒާހަރާއަށް ދާ އެންމެނަށް ބުނެލަންއޮތީ އަޅުގަނޑުމެންކަކީ ދީނާދެކޮޅު ބައެއްކަމަށް އަދުރޭ ބުނާތީ ހުރިހާ ބޭފުޅުންވެސް ވަކިވަކިން ކޯޓަށް މައްސަލަލުމަށް ގޮވާލަން