ކ. މާލެ
|
16 މާރޗް 2018 | ހުކުރު 18:23
ޖުމްހޫރީ ޕަޓީގެ ލީޑަރު ޤާސިމް އިބްރާހިމް - ރައްޔިތުން ނިކުތުމަށް އޭނާ ވަނީ ގޮވާލައްވާފަ
ޖުމްހޫރީ ޕަޓީގެ ލީޑަރު ޤާސިމް އިބްރާހިމް - ރައްޔިތުން ނިކުތުމަށް އޭނާ ވަނީ ގޮވާލައްވާފަ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ޙާލަތު
ހައްޤާއި އިންސާފު ލިބިގަތުމަށް ރައްޔިތުން ނިކުންނެވުމަށް ޤާސިމް ގޮވާލައްވައިފި
ޤާސިމް ވިދާޅުވީ ވިދާޅުވީ އެކުވެރިކަމަކީ ގަފަދަ ބާރެއް ކަމަށް
އެހެންމެހައި ލޮބުވެތި ރައްޔިތުން ކޮނޑާ ކޮނޑު ޖައްސަވައި، އަތާއި އަތް ގުޅާލާ މި އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނެވުމަށްވެސް އޭނާ ގޮވާލެއްވި

ހައްޤާއި އިންސާފު ލިބިގަތުމަށް ރައްޔިތުން ނިކުންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ. 

 

މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އެކުވެރިކަމަކީ ގަފަދަ ބާރެއް ކަމަށެވެ. އަދި އެހެންމެހައި ލޮބުވެތި ރައްޔިތުން ކޮނޑާ ކޮނޑު ޖައްސަވައި، އަތާއި އަތް ގުޅާލާ މި އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނެވުމަށް ޤާސިމް ވަނީ ގޮވާލައްވާފަ އެވެ. 

 

ޤާސިމް ވިދާޅުވި ގޮތުގައި ހައްޤާއި އިންސާފު ލިބިގަތުމަށް ރައްޔިތުން ގޭގައި ނުތިބެ މަގުތަކަށް ނިކުންނަންޖެހެ އެވެ. އަދި މި އަނިޔާވެރިކަމުން އެންމެން ސަލާތްވާނެކަމަށްވެސް ޤާސިމްގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

 

 

ޤާސިމް މިފަދައިން ޓުވީޓްކުރައްވާފައިމިވަނީ އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށްވެ. އެގޮތުން މިރޭގައި "ހުއްޓުވާ" ނަމުގައި މަގުތަކުގައި ސުލްހަވެރި އެއްވުމެއް ކުރިއަށްގެންދިއުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ. "ހުއްޓުވާ" ނަމުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާ ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް