ކ. މާލެ
|
16 މާރޗް 2018 | ހުކުރު 18:25
ޖުމްހޫރީ ދުވަހައާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއެކު ދައުލަތުގެ ބައެއް އެހެން ވަޒީރުން - ރާއްޖެއެމްވީ
ޖުމްހޫރީ ދުވަހައާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއެކު ދައުލަތުގެ ބައެއް އެހެން ވަޒީރުން - ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ނޭނގުމެއްގެ ތެރޭގައި
މުޅި ދައުލަތް ނޭނގުމެއްގެ ތެރޭގައި
 
ނޫސްވެރިޔާ ރިޟްވާން ކޮބައިތޯ؟
 
އެމްއެމްޕީއަރްސީގެ ކޮރަޕްޝަން މައްސަލަ ހިނގާދިއައީ ކިހިނެއް؟

އެނގި ހުރެ ވެސް، ނޭނގެއޭ" ބުނެ އުޅެނީ ސަލާމަތް ވާށެވެ. ކަމުން ރެކެން އެންމެ ގިނައިން ބުނެ އުޅޭ ބަހަކީ އެ ބަހެވެ. ކަންނެތް މީހުންގެ އަނގަމަތީ ބަހަކީ ވެސް އެއީއެވެ. ޒިންމާދާރުކަން ކުޑަ ޖަވާބު ލިބިގެން ގޮސްފައި ވަނީ މި ސަރުކާރުގައޭ ބުނާ މީހުން ވެސް މަދެއް ނޫނެއެވެ. ސަބަބުތައް ބައިވަރެވެ. މިކަހަލަ ދެތިން މައްސަލަ އަށް ބަލާލައިފިނަމަ ހަމަ ގައިމުވެސް އެތައް ބަޔަކަށް މިކަންތައްތައް ފަހުމްވެގެން ދާނެއެވެ. ނޫސްވެރިޔާ ރިޟްވާން ކޮބައިތޯ؟ ނޭނގެއެވެ. އެމްއެމްޕީއަރްސީގެ ކޮރަޕްޝަން މައްސަލަ ހިނގާދިއައީ ކިހިނެއް؟ ނޭނގެއެވެ. ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގަށް ވީ ކިހިނެއްތޯ؟ ނޭނގެއެވެ. 800 މިލިއަން ޑޮލަރުގެ މައްސަލަ އަށް ވީ ކިހިނެއް؟ ނޭނގެއެވެ. މީޑިއާ ސްޓޭޝަނަކަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވާ ރާއްޖެޓީވީ ރޯކޮށްލާ އަނދައި އަޅިއަށް ހަދާލި މައްސަލައިގެ ފަހަތުގައި ތިބީ ކޮން ބައެއް ހެއްޔެވެ؟ ނޭނގެއެވެ. މިހެން ގޮސް އެތައް ކަމެއް މިވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ގައުމުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް ހަވާލުކޮށްފައިވާ  ހާކިމާއަށް މި ފަދަ ބޮޑެތި ކަންތައްތަކުގައި ޖަވާބުދާރީއެއް ނުވެ އެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުނުތާ ހަތަރު އަހަރު ފުރޭއިރު، އެކަމަށް އެމަނިކުފާނު ޖަވާބުދާރީވީ ގޮތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ހިނގި އެއްވެސް ޖަރީމާއެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވައެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަން ހިނގައިގެން ދިއަ އިރު އެމަނިކުފާނަށް އެކަންވެސް އެނގިވަޑައިނުގެން އެންމެ މީހެއްގެ ހިސާބުން އެކަން ނިމިއްޖެއެވެ. ހައިރާނެއް ނުވާނެތޯ؟ ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ގެންނެވީ ނޭނގުމެއްގެ ތެރޭގައި މުޅި ދައުލަތް ފުނޑާލާކަށް ނޫނެވެ.

ގައުމުގެ ކަންކަން ނިޒާމުން ބޭރުވެ ދައުލަތް ފުނޑާލަނީ ކަމަށް ބުނެ އިސްލާހުގެ މަގަށް ރުޖޫއަކުރުމަށް މީގެ 6 އަހަރު ކުރިން ފެނުނު މަންޒަރާ ދެއްކި ވާހަކަތައް މިހާރު ވަނީ ހަނދާނުން ކައްސާލާފައެވެ. ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ބާރަކީ ޤާނޫނު އަސާސީއޭ ވިދާޅުވީ އެ މަނިކުފާނެ އެވެ. މިއީ 2012 ވަނަ އަހަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ދެއްކެވި ވާހަކަ އެވެ. ފަހަރުގައި މިވާހަކަތަކަކީ މިހާރު އެމަނިކުފާނު އެހާ ގަޔާވާ ވާހަކަތަކަކަށް ނުވެދާނެއެވެ. އަދުލު އިންސާފު ބާރަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ވާހަކަ ރައީސް ޔާމީން އޭރު ދެއްވި އެވެ. ވަލިއްޔުލް އަމުރަށް ވިޔަސް، އަދުލު އިންސާފު ހިންގާ ފަރާތަކަށް އެއްވެސް އަމުރެއް ނުކުރެވޭނެކަން ޚުދު އެމަނިކުފާނުވެސް ގަބޫލުކުރައްވައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ތިން ބާރު ވަކިކޮށްފަ އޮންނަ އޮތުމޭ މި ބުނާ ވާހަކައަކީ އަދުލް އިންސާފު ހިންގުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު ވަކިކޮށްފައިވާ ވާހަކައެވެ.

ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ބާރަކީ ފުލުހުންނާއި ސިފައިންނެއް ނޫން ކަމަށް އެ މަނިކުފާނު ކުރިން ވިދާޅުވިޔަސް، މިހާރު އެ މަނިކުފާނު ތަރުޖަމާ ތަފާތުވީ ކަމަށް ވެދާނެ އެވެ. ފުލުހުން އަމަލުކުރަންޖެހޭނީ ގާނޫނު އަސާސީއާ ކޯޓް އަމުރާ އެއްގޮތަށް ކަމަށް އޭރު ވިދާޅުވިޔަސް، މިހާރު ދެކެވަޑައިގަންނަވާ ގޮތް މުޅިން ތަފާތެވެ. ކޯޓުން އަމުރެއް ނެރުނަސް އެއީ ސައްހަ އަމުރެއްތޯ ފުލުހުން ބަލަންޖެހެ އެވެ.

މި ދަރަޖައަށް ދައުލަތް ހަރާބުކޮށްލުމުން، މނިވަން ފަނޑިޔާރުގެއެއް، ފުރިހަމަ ގާނޫނު ހަދާ މަޖިލީހެއް ނެތެވެ.  ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި މިހާރު އެއީ ރައީސް ޔާމީންގެ މަޖިލީހެވެ. އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް ރަބަރު ސްޓޭމްޕް ޖެހުމަށް އެމަނިކުފާނުގެ މެންބަރުން އެ ތިއްބެވީ ފޫގަޅައިގެންނެވެ. އެއީ ކޮންމެ ގޮތަކަށް ކޮންމެ ނަތީޖާއެއް ނުކުމެދާނެފަދަ ބިލެއް މަޖިލީހަށް ވެއްދިނަމަވެސް، އެ ބިލް އެ އޮތްގޮތަކަށް ފާސްކުރަން ވެސް ރައީސް ޔާމީންގެ މެންބަރުން ތިއްބަވަނީ ކެތްމަދުވެފަ އެވެ. ގާނޫނުތައް ހެޔޮވަރު އެކޮށްލަނީ ހަމަ އެންމެ ބޭފުޅެއްގެ ވެރިކަން ދިފާއުކުރުމަށްޓަކައެވެ. ގާނޫނު ތަންފީޒު ކުރުމުގެ ބާރެއް މި ސަރުކާރުގައި ހަމަ އެއްގޮތަކަށްވެސް ނެތޭ ބުނުމުން ކުށަކަށް ނުވާނެއެވެ. މިއީ ތިޔަ ބޭފުޅާގެ ވެސް އަދި އަޅުގަނޑުގެވެސް ގައުމެވެ. މިހުރިހާ ކަމެއް ދެނެވަޑައިގެން ހުންނަވައި "މަށެ ނޫން"، ނުވަތަ "ނޭނގެއޭ" ބުނެ ވާނެ ގޮތެއް ވުމަށް ދޫކޮށްލަނީ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
16 މާރޗް 2018 | ހުކުރު 14:11
Mohamed
Dhaulah othi neegumehge thery gaehnun neygumehge thrygai othy gulhifeivaa farih
ގުޅުންހުރި
މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް