ކ. މާލެ
|
16 މާރޗް 2018 | ހުކުރު 15:24
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯ
ފުލުހުންގެ އިންޒާރު
ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެ ދެވަނަ އިންޒާރު: ވަކި ހިސާބަކުން މިރޭގެ މުޒާހަރާއާ ގުޅޭނަން
އޮޕަރޭޝަނަލް ޓީމު މުޅި އެސްއޯ ޓީމުން މުޒަހަރާގެ ބައިވެރިންނާ ގުޅޭނެ ކަމަށް މާތްﷲ ގަންދީ ވަނީ ހުވާކޮށްފައި
މިއަދުގެ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވެސް މިވީޑިއޯގައި ގޮވާލާފައި ވޭ
ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެން

ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ނިކުންނާނެކަމަށް ބުނެ މިމަހުގެ 14 ވަނަ ދުވަހު ފުލުހުންކަމަށް ބެލެވޭ އެސްއޯ ޔުނީފޯމްގައި ތިބި ތިން މީހަކު އިންޒާރު ދީފައި ވަނިކޮށް އަނެއްކާވެސް ފުލުހުންގެ ޔުނީފޯމްގައި ތިބި ބައެއްގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯގައި ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމްގައި ތިބި ތިން މީހަކު ވަނީ މިރޭ އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބާއްވާ މުޒާހަރާއާއި ވަކި ހިސާބަކުން ގުޅޭނެކަމަށް ބުނެފައެވެ.

އެވީޑިއޯގައި ބުނެފައިވަނީ މީގެ ކުރިން ވަނީ އެސްއޯ ފުލުހުންގެ މެސެޖެއް ދީފައި ކަމަށާއި މިއީ އޮޕަރޭޝަނަލް ޓީމު ކަމަށެވެ. މިރޭގެ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވެސް މިވީޑިއޯގައި ގޮވާލާފައި ވެއެވެ. އަދި ބުނެފައިވަނީ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިންނާ ގުޅޭނެ ކަމަށާއި އޮޕަރޭޝަނަލް ޓީމާއި މުޅި އެސްއޯ ޓީމުން މުޒަހަރާގެ ބައިވެރިންނާ ގުޅޭނެ ކަމަށް މާތްﷲ ގަންދީ ހުވާކުރާކަމަށެވެ.

 މިމަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އެސްއޯ ޔުނީފޯމްގައި ތިބި ތިން މީހަކު އާންމުކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ  މިގޮތަށް ފުލުހުން ބައްދަލުކޮށްލަންޖެހެނީ، ފުލުހުން ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރަމުންދާތީ އާއި އެތައް ބަޔަކު ފްރޭމްކޮށް އެތައް އާއިލާތަކަށް އަނިޔާތައް ކުރަމުންދާތީ ކަމަށެވެ.

ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯގައި ފުލުހުންގެ ޔުނިފޯމްގައި ތިބި ތިން މީހުން އަދި އިއްޔެ އާންމުކޮށްފައިވާ ވީޑިއޯގައި ތިން މީހުން ތިބިއިރު ދެ ވީޑިއޯގައިވެސް އެ ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ.

އިއްޔެ ނެރެފައިވާ ވީޑިއޯއާއި ގުޅިގެން ފުލުހުން ކޮމެންޓެއް ކޮށްފައި ނުވާއިރު މިމަހުގެ 14 ވަނަ ދުވަހު އާންމު ކޮށްފައިވާ ވީޑިއޯ އާއި ކުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މިހާ ހިސާބަށް އައިރު އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައިނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
16 މާރޗް 2018 | ހުކުރު 10:58
POLIcE
Gateh huri bayaku vahvakeh nujassaane