ކ. މާލެ
|
16 މާރޗް 2018 | ހުކުރު 12:28
ކަލައިދޫ އިން ފެނުނު ބުދުތައް
ކަލައިދޫ އިން ފެނުނު ބުދުތައް
ސޯޝަލް މީޑިއާ
އާސާރީ ތަރިކަ
ކަލައިދޫ ހުކުރު މިސްކިތް ކޮނުނުއިރު ދެ ބުދު!
ބެލެވެނީ ބުޑިސްޓް ދީނުގެ ބުދުތަކެއް ކަމަށް

ލ. ކަލައިދޫގައި ހުންނަ ދުވަސްވީ ހުކުރު މިސްކިތް، މަސްޖިދުލް ހުދާގެ ގޯތިތެރެއިން ދެ ބުދު ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މިސްކިތްތައް އިތުރުކުރާ ފެންޑާއެއްގެ ފައުންޑޭޝަން އެޅުމަށް ކޮނުނުއިރު، އެތަނުން ދެ ބުދު ފެނިފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

މިސްކިތުގެ ގޯތި ތެރެއިން ފެނިފައި ވަނީ އުސްމިނުގައި ގާތްގަނޑަކަށް އަށް އިންޗި ހުރި ބުދަކާއި، އުސްމިނުގައި ގާތްގަނޑަކަށް 1 ފޫޓު ހުރި ބުދެކެވެ. ފެންނަ ފެނުމަށް މީގެ ތެރެއިން ކުޑަ ބުދަކީ ރާއްޖެއަށް އިސްލާމްދީން ތަޢާރުފުވުމުގެ ކުރިން ރާއްޖޭގައި އޮތް ބުޑިސްޓް ދީނުގެ ބާނީ، ގޯތަމަ ބުއްދާގެ ސިފައަށް ހަދާފައިވާ ބުދެކެވެ. އަދި ދެން ފެނުނު ބުދަކީ ވެސް ބުޑިސްޓް ދީނުގެ ބުދެއް ކަމަށް ބެލެވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބުދުތައް ފެނުމާއި ގުޅިގެން އެތަކެތި މިހާރު ވަނީ އެރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެކަން މިހާރު ހެރިޓޭޖް ޑިޕާޓްމަންޓަށް އަންގާފައިވާކަން އެރަށު ކައުންސިލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައެވެ.

ލ. އަތޮޅަކީ އެ އަތޮޅުގައި ރާއްޖެ އިސްލާމް ވުމުގެ ކުރީގެ ގިނަ ބިނާތަކާއި، އޭރު ދިވެހިން އުޅެމުންދިޔަ ބުޑިސްޓް ދީނުގެ ނިޝަންތައް ގިނައިން ފެންނަން ހުރި އަތޮޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 މާރޗް 2018 | ހުކުރު 08:56
Yoosuf
Thiyaee maai koh hithaa foruvanvee ehcheh noon. Thalhaa muguraafa ellaalaa