ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 22:36
މެންބަރު އަމީތާއި އަލީ ހުސައިން އަތޮޅުވެހި ކައިރީގައި
މެންބަރު އަމީތާއި އަލީ ހުސައިން އަތޮޅުވެހި ކައިރީގައި
ފޭސްބުކް
ހައްޔަރު ކުރި ފަރާތްތައް
ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި ސިޔާސީ އިސްވެރިން ދޫކޮށްލައިފި
ހަތަރު މީހަކު ވަނީ ދޫކޮށްލާފައި
ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި ގިނަ ބަޔަކު ފުލުހުން ހައްޔަރު ކުރި

ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި ސިޔާސީ އިސްވެރިން ދޫކޮށްލައިފިއެވެ.

ފުލުހުން ދޫކޮށްލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ، މަޑުއްވަރީ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު އަމީތު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މެންބަރު މާރިޔާ

މި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ މަޖީދީ މަހުގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިންނެވެ.

ކުރީގެ ހައުސިންގ މިނިސްޓަރ އަސްލަމް

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ސިލްސިލާކޮށް ކުރިއަށްގެންދާ އެއްވުންތަކުގައި ގިނަ ބަޔަކު ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެއްވުންތަކުގައި ބައިވެރިވާ ބައެއް މަޖިލީސް މެންބަރުން ތިއްބެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް