ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 22:39
ޤާނޫނީ ވަކީލް މަހުފޫޒް ސައީދު: ފުލުހުން ބަލާ މައްސަލަތަކުން އޭނާ ވަނީ ސަސްޕެންޑްކޮށްފައި
ޤާނޫނީ ވަކީލް މަހުފޫޒް ސައީދު: ފުލުހުން ބަލާ މައްސަލަތަކުން އޭނާ ވަނީ ސަސްޕެންޑްކޮށްފައި
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ސަސްޕެންޑްކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި
ސަސްޕެންޑްކުރެވުނު ސަބަބެއް އަންގާފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވި

ފުލުހުން ބަލަމުންދާ މައްސަލަތަކުން މައްސަލައަކުން ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން އަންގާފައި ވާކަމަށް ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެއެވެ. 

ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޔަންވެފައިވާ ހުރިހާ މައްސަލައަކުން ސަސްޕެންޑްކުރި ކަމަށް ފުލުހުންގެ އިދާރާއިން އަންގާފައި ވާކަމަށެވެ. ނަމަވެސް ސަސްޕެންޑްކުރި ސަބަބެއް އަންގާފައި ނުވާ ކަމަށް މަހުފޫޒް ސައީދު ވިދާޅުވިއެވެ. 

 

 

ނަމަވެސް ފުލުހުން ބުނީ މަހުފޫޒް ސަސްޕެންޑްކުރީ ފުލުހުންގެ ތަހްގީގުކުރުމުގެ އުސޫލްތަކާއި ޚިލާފަށް އަމަލުތައް ހުރުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު މަހުފޫޒަށް ދެވެން ނެތް ކަމަށެވެ. 

ޤާނޫނީ ވަކީލް މަހުފޫޒް ސައީދަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ ބޭފުޅުންތަކެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ފޭދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު އަދުހަމްގެ ވަކީލެއްގެ ގޮތުގައި ވެސް މަހުފޫޒް މަސައްކަތްކުރައްވައެވެ. މި ނޫނަސް ގިނަ މައްސަލަތަކެއްގައި މަހުފޫޒް މަސައްކަތްކުރައްވައެވެ.

އާންމުކޮށް ޤާނޫނީ ވަކީލުން ސަސްޕެންޑްކުރަނީ ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން މަހުފޫޒް ސައީދު ސަސްޕެންޑްކުރީ ކީއްވެކަން ނޭނގޭއިރު، ދޫނިދޫ ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފެއްޓެވިކަން ހާމަކުރެއްވީ ވަކީލް މަހުފޫޒް ސައީދު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް