ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 22:01
ގދ. ގައްދޫ
ގދ. ގައްދޫ
ގޫގުލް
ގައްދޫގައި ހިނގި އެކްސިޑެންޓް
ގައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ ނިޔާވެއްޖެ
މި އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 06:00 ހާއިރު
އުމުރުން ދުވަސްވީ މީހާ ނިޔާވީ ލިބުނު ފަރުވާތަކަށް ފަރުވާ ދެމުންދަނިކޮށް
އެކްސިޑެންޓް ހިނގީ މަގު ހުރަސް ކުރަން އުޅެނިކޮށް

ގދ. ގައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ ގދ. ތިނަދޫ ޑރ. ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. މަރުވެފައިވަނީ އުމުރުން 80 އަހަރުގެ މީހެކެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި 20 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ، ބުރާސްފަތި ދުވަހު ހަވީރު 06:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ޒުވާނުން ދުއްވަމުންދިޔަ ސައިކަލްގައި އެވަގުތު މަގު ހުރަސް ކުރުމަށް އުޅުނު އުމުރުން ދުވަސްވީ މީހާގެ ގައިގަ ޖެހުމުގެ ސަބަބުން ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އަލަށް ހިއްކާފައި އޮތް ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ސައިކަލުގައި ޖެހި އުމުރުން ދުވަސްވީ މީހާ ވިއްސައިގެން ދިޔަ ކަމަށާއި އޭނާ ބޮލަށާއި ފަޔަށް އަނިޔާވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 22:16
ހުސެން
ނިޔާވީނުން ނިމުނީނުންދޯ މިހެން ދުއްވާ މީހުންގެ ލައިސަންސު ގަނޑު ދިގުމުއްދަތަކަށް ހިފެހެއްޓޭނެ ގޮތެއްނެއްތަ؟ ނުވަތަ އިހުމާލުން މީހަކު މެރިކަމުގެ ދައުވާ އުފުލާ ހައްގު އަދަބުދީ، އުމުރުން ދުވަސްވެފައި ތިބޭމީހުނަށްވެސް ބަލާލުމެއްނެއް، މަގުހުރަސް ކުރަނިކޮށް ސައިކަލަކުން ޖައްސާ މަރާލީ، ދުއްވިމީހުން ހަފުތާއެއްފަހުން ހެވިފަ އަނެއްކާވެސް ދުއްވަންވީ
15 މާރޗް 2018 | ބުރާސްފަތި 16:11
ފީކަޅަ
މީ ގައްދޫތ؟ ނޫނީ ވާދޫތަ؟؟؟؟؟