ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 20:54
ޝިފާން ބަޔާން އިއްވަނީ
ޝިފާން ބަޔާން އިއްވަނީ
މުހައްމަދު ޝަރުހާން
ފުލުހުން
މުޒާހަރާއަށް ފުރުސަތެއް ނުދޭނަން، ބައިވެރި ނުވުން އެދެން: ޕޮލިސް
ޚަރަދުކުރާ ފަރާތްތައް ހޯދާ އެމީހުންނަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަށް ފުރުސަތެއް ނުދޭނެ ކަމަށާއި ރައްޔިތުން އެމުޒާހަރާގައި ބައިވެރި ނުވުމަށް އަނެއްކާ ވެސް ފުލުހުން ގޮވާލައިފިއެވެ.

އިސްކަންދަރު ކޮއްޓަށް ނޫސްވެރިން ގެންގޮސްގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ސަރުކާރު ނިމުމަކަށް ގެނެސް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް 14 ވަނަ ދުވަހުގެ ރޭ ވެސް ޢާއްމުންނަށާއި ވިޔަފާރިވެރިންނަށް އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގި އަމަލުތަކުގެ ސަބަބުން ފުލުހުންނަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުންނަށް ހަމަލާ ދިނުމަށްޓަކައި 150 މިރުސްފެން ޕެކެޓް ތައްޔާރުކޮށް ގެންގުޅެނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ 16 ވަނަ ދުވަހު ވެސް ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށް ރާވާ ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސޯޝަލް މީޑިޔާ އާއި އެހެނިހެން ކަންކަން ބޭނުންކޮށްގެން މީހުން އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަން ރާވައި ހިންގާ ފަރާތްތަކާއި އެކަމަށް ޚަރަދުކުރާ ފަރާތްތައް ހޯދައި އެމީހުންނަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމުގެ ފުރުސަތެއް  ދިވެހި ފުލުހުންނެއް ނުދޭނަން." ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން ކުރާ މަސައްކަތާ އެކު ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ފުލުހުންގެ ނަމުގައި، ސަރުކާރަށް އިންޒާރުދީ ވީޑިއޯތަކާއި ތަފާތު ވާހަކަތައް ފެތުރި ނަމަވެސް ފުލުހުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ދަންތޫރައެއްގައި ފުލުހުން މިއަދަކު ނުޖެހޭނެ ކަމަށާއި ފުލުހުންގެ ސަފުތައް އެއަށް ވުރެން މާ ބަދަހި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"ތަފާތު ވީޑިއޯތަކާއި ތަފާތު ވާހަކަތައް ހަދައިގެން މިދައްކާ ދެއްކުމަކީ ހަމަގައިމު ވެސް އެއްވެސް އޮއްޓަރެއް ހުރިކަމެއް ނޫން. ދިވެހި ފުލުހުންގެ ސަފުތަކަކީ މިއަދު އެއަށް ވުރެ ބަދަހި ސަފުތަކެއް" ޝިފާން ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވާކަމަށް ބުނުމާ އެކު ފުލުހުން މިގޮތަށް ފާޅުގައި އިންޒާރުދިން މިއީ ދެވަނަ ފަހަރެވެ. ފުލުހުން މިގޮތަށް އިންޒާރުދެމުންދާއިރު ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރު ކުރާ ކަމަށާއި އެގޮތައް އެކަން ހުއްޓާނުލައި ކުރިއަށް ގެންދާ ނަމަ ނުތިބޭނެ ކަމަށް ފުލުހުންގެ ޔުނީފޯމެއް ލައިގެން ތިބި ބަޔަކު ވަނީ އިންޒާރު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 މާރޗް 2018 | ހުކުރު 10:08
ބޯގޯސް
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ރައްޔިތުންނައް ބިރުދައްކަން އުޅުމުގެ ބަދަލުގަ ދިވެރާއްޖޭގެ ޤާނޫނާއި ގަވާއިދައް ތަބާވާން ދަސްކުރަންވެއްޖެ. ވަކިމީހަކުގެ ދިފާއުގަ ރައްޔިތުންގެ ލާރިން މުސާރަލިބިގެން ހުރެ ވާހަކަ ދެއްކުމަކީ ކުރައްވާފަވާހުވަޔާއިވެސް ފުށުއަރާ އަމަލެއް. ހޯއްދެވި ތަމްރީނުތަކާއި ކުރެއްވެވި ހުވަޔާއި އެއްގޮތައް ގާނޫނީއިމިގެތެރެއިން ބަޔާން ނެރުއްވުމައް އެދި ދަންނަވަން . އަޅުގަޑުމެން ރައްޔިތުންނައް ގާނޫނީގޮތުން ލިބިފައިވާ އެތަކެއް ހައްގުތަކެއް ސިފައިން ވަނީ ނުގުޅައިގެންފަ. އެތައް ދިވެހިރައްޔަތުންނެއް އެއްވެސް ކުށަކާއިނުލާ ވަނީ ހައްޔަރުކޮއްފަ. .
15 މާރޗް 2018 | ބުރާސްފަތި 17:02
ފަރަޭ
ބިރުގަތީދޯ މީހުން އަރާފާނެކަމް ހެހެހެ .،
15 މާރޗް 2018 | ބުރާސްފަތި 16:28
ކަމާ
ސަލާމަތީ ޚިދްމަތުގައި ހިމެނޭ ފުލުހުންގެ ޚިދްމަތުގެ މީހުން ޤާނޫނު އަސާސީއަށް ތަބާވެ، ޤާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލަން.