ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 15:29
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން ވަކިކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
ފުރަތަމަ މައްސަލަ އާދިއްތަ ދުވަހުގެ 11:00 އަށް
ދެވަނަ މައްސަލަ އާދިއްތަ ދުވަހުގެ 13:00 އަށް
މި ދެ މައްސަލަ ހުށަހެޅީީ ގުޅިފައިވާ ޕާޓީތަކުން

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި، އަދި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ބާތިލް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގައި ތާވަލް ކޮށްފި އެވެ.

ދުސްތޫރީ މި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ، އާދިއްތަ ދުވަހުގެ 11:00 އަށެވެ. ދެވަނަ މައްސަަލަ ތާވަލް ކޮށްފައިވަނީ ހަމަ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށެވެ. 

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން މަގާމުން ވަކިކުރެވޭގޮތަށް ފާސްކޮށްފައިވާ އިސްލާހު، ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އާއި އަދާލަތު ޕާޓީގެ ޕާލަމެންޓް މެމްބަރު އަނާރާ ނައީމު އެވެ. 

އެ ދެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ގަބޫލް ކުރާ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވި ބިލްތަކަކީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުތަކާ ހިލާފަށް ފާސްކޮށްފައިވާ ބިލްތަކެއް ކަމަށާއި އެބިލްތައް ބާތިލް ކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ މީގެ ކުރިން ވެސް މިފަދަ ހައްސާސީ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ކަންކަން ނިންމަވާފައިވާ ފަދައިން މި މައްސަލަ އަށް ވެސް ވީހާ ވެސް އަވަހަށް ގޮތެއް ނިންމެވުން ކަމަށް އިބޫ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާ ނުހިނގާނޭ ކަމަށް އެ ބިލްގައި ބުނެފައި ކަމަށެވެ. ގާނޫނު އަސާސީގައި އޮތް މާއްދާއެއް ނުހިނގާނޭ ކަމަށް ނުބުނެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނޭ ކަމަށް ބުނުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި މިހާރު ވެސް ދިރިދިރިއޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނު ވެސް އެބައޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253 ވަނަ މާއްދާގައި ބުނާ ގޮތުން ނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މެންބަރެއް ކަމުގައި ވިޔަސް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކަށް އެ މެންބަރަކު ގެންނަން ޖެހޭނެ ކަމަށް ބުނާއިރު، އިދިކޮޅު 16 މެންބަރަކު މަޖިލީހަށް ނުވަދެވޭ ގޮތް ހަދައިގެން އެންމެ 39 މެންބަރުންނާ އެކު އެ ނިންމުން ނުނިންމޭނޭ ކަމަށް އިބޫ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ގަވާއިދަކީ ގާނޫނެއްގެ ބާރު ލިބިދޭ ގަވާއިދެއް ކަމަށާއި މަޖިލީހުގައި 43 މެންބަރުން ތިބެގެން ނޫން ގޮތަކަށް އެފަދަ އެއްވެސް ގާނޫނެއްގެ ބިލް ފާސް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ގާނޫނެއް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހް ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާ އުވާލާފައި ކަމަށާއި ގާނޫނު އަސާސީގެ އެމާއްދާގެ ބޭނުމަކީ ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު އަދި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގެ އެމާއްދާ ނުހިނގާ ގޮތަށް ހެދުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށާއި އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަނާރާ ނައީމް ވިދާޅުވީ އިސްލާމް ދީނުގައި ވެސް އަންގަވާފައި ވަނީ ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ބަޔަކަށް ވާން ޖެހޭނެ ކަމަށާއި މިހާރު މިގެނައި އިސްލާހުގެ ސަބަބުން އެ މުސްތަގިއްލުކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ގާނޫނު ހިނގާނީ ފަހުން އަންނަ ކަމަކަށް ކަމަށާއި 13 ޖުލައި 2017 ގެ ފަހުން އެންޓި ޑިފެކްޝަން ގާނޫނު ހިނގާނެ ކަމަށް ބުނުމަކީ ގާނޫނު އަސާސީގެ އެމާއްދާއާ ހިލާފް ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަނާރާ ވިދާޅުވީ އެބިލް ފާސްކުރެއްވި މެންބަރުންގެ އިހުލާސްތެރި ކަމެއް ނެތް ކަމަށާއި އިހުލާސްތެރިކަމެއް ހުރި ނަމަ ވަކި މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތް ހެދުމުގެ ބަދަލުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީސް ފެށުނީންސުރެ އެގާނޫނު ހިނގާނެ ކަމަށް ލިޔުނީސް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 12:35
ސަހަރާމޯޑް
މިހާރު މިރާއްޖޭގައި މިހިރަ ވެރިމީހާ ބޭނުން ވާގޮތަށް ނޫ ގޮތަކަށް ހުކުމެއް ކޮފީޔާ އެހުކުމެއް ތަންފީޒު ކުރިޔަކަނުދޭނު އަދި ވެރިމީހާ ބޭނުން ނޫގޮތަކަށް ހުކުމެއް ކޮފީޔާމުން ހުކުމެއް ކުރި ގާޒީއަކު އިންނަން ޖެހޭނީ ކުޑަގޮޅީގައި ދެންކިހިނެތް ކިޔަކަންތަކުގައިވެސް ކުޅިފައިވާ ޕާޓީތަކާ އެއްކޮޅަށް ހުކުމެއް ކުރާނީ ކޮންޤާޒީޔެއްތަ ބޭނުވާނީ އާއިލާ އެއްކޮށް ޖަލުގެ ކުޑަގޮޅީގައި އިންނާ އެކަކުވެސް ބޭނުމެއްނުވާނެ ކުޑަގޮޅީގައި އާއިލާ އެއްކޮށް އިންނާކަށެއް އެހެންވީމާ ހީވޭތަ ގުޅިފައިވާ ޕާޓީތަކުން ބޭނުން ވާގޮތަށް ހުކުން ކޯޓުތަކުން ކޮއްފާނެހެން
15 މާރޗް 2018 | ބުރާސްފަތި 12:17
Moosa
ފަނޑިޔާރުން މަޤާމުން ވަކިވަނީ ދަށުކޯޓުން ކުށް ސާބިތު ވުމުން ކަމުގައި ވާނަމަ، އިސްތިއުނާފުގެ މާނައެއް ނެތް. ޤާނޫނުން ސާފުވާންޖެހޭ ކަންކަން: 1. މަޤާމު ގެެއްލެނީ ކޮން މަރުހަލާގެ ކޯޓަކުން ހުކުމް ކުރުމުންކަން. 2. ފަނޑިޔާރުގެ އެ މަޤާމަށް އެހެން މީހަކު ހަމަނުޖައްސާ މަޑުކުރަންވީ ކޮން މަރުހަލާއަކުން މައްސަލަ ނިމެންދެންކަން. 3. ސްޕްރީމް ކޯޓުން ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތު ނުވާނަމަ އަލުން އޭނާގެ މަޤާމު ލިބޭނެކަން ނުވަތަ ނޫންކަން.