ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 13:26
އިދިކޮޅު ފަރާތްތަކުން ރޭގައި ކުރި މުޒާހަރާގެ ތެރެއިން
އިދިކޮޅު ފަރާތްތަކުން ރޭގައި ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
އިދިކޮޅު ހަރަކާތް
އިދިކޮޅު ފަރާތްތަކުން މިއަދު އެމްއެމްއޭ ކައިރިއަށް އެއްވަނީ
އެއްވަން ގޮވާލަނީ 1.30 އަށް
އެމްއެމްއޭ ސަރައްދަށް އެއްވުމަށް ނަޝީދުވެސް ވަނީ ގޮވާލައްވާފައި

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިއަދު އެމްއެމްއޭ ކައިރިއަށް އެއްވުމަށް ގޮވާލަމުންއެބަ ދެ އެވެ.

އިދިކޮޅު ފަރާތްތަކުން ޝޯސަލް މީޑިޔާގައި ގޮވާލަމުންދަނީ 13.30ގައި އެމްއެމްއޭ ކައިރިއަށް އެއްވުމަށެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވީހާވެސް ގިނަ ރައްޔިތުން އެމްއެމްއޭ ކައިރިއަށް ދިއުމަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކާމިޔާބީއަކީ މަސައްކަތް ކުރާ މީހުންގެ ހައްގެއް ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ރާއްޖޭގެ އެކި ސަރައްދުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި ސިލްސިލާ ގޮތެއްގައި ކޮންމެރެއަކު މާލޭގައިވެސް މުޒާހަރާ ކުރަމުންދެ އެވެ.

ރައްޔިތުންގެ މަޖިލިސް ހަމަ މަގަށް އެޅުވުމަށާއި ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަން ހުއްޓުވުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިންނާއި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށް ބުނެ ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު ވެސް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް އިދިކޮޅުފަރާތްތަކުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް