ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 12:53
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
ފަނޑިޔާރުން
އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީހަމީދު ވަގުތުން ދޫކޮށްލަން އެމެރިކާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފި
ބަޔާނުގައި ވާ ގޮތުގައި އދ. ގެ އުސޫލާ އެއްގޮތަށް ފަނޑިޔާރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭނެ
ދެ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ކުރިން، ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ބާ އެސޯސިއޭޝަނުން ފާހަގަކުރޭ

ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށް ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަގުތުން މިނިވަން ކޮށް ދޫކޮށްލުމަށް އެމެރިކާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފިއެވެ .

ބުދަ ދުވަހު އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައ ބުނެފައިވަނީ، ފަނޑިޔާރު އަލީ ހަމީދާއި، އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ، ގާނޫނީ އިޖުރާއަތުތަކުގެ ބޭރުން ކަމަށެވެ. އަދި ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ހަމަތަކާ ވެސް ހިލާފަށް ރާއްޖޭގެ އެންމެ މަތީ ދެ ފަނޑިޔާރަކު ހައްޔަރުކޮށްފައިވާތީ އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ދެ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ކުރިން، ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް ބާ އެސޯސިއޭޝަނުން ފާހަގަކުރެއެވެ. ބަޔާނުގައިވާ ގޮތުގައި އދ. ގެ އުސޫލާ އެއްގޮތަށް ފަނޑިޔާރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭނެއެވެ.

މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޖުޑިޝަރީ އަށް އޮންނަން ޖެހޭނެ ކަމާއި ފަނޑިޔާރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ކޯޓުތަކަށް އިހްތިރާމް ކުރުމަށް ރައީސް ޔާމީނަށް ވަނީ ގޮވާލައިފަ އެވެ.

ކޯޓުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ހައްޔަރު ކޮށްފައިވާ ދެ ފަނޑިޔާރުން މިނިވަންކޮށް އެބޭފުޅުންގެ މަގާމުތަކަށް ރުޖޫއަ ކުރުމަށް ގޮވާލާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަބުދުﷲ ސައީދާ އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. ދެ ފަނޑިޔާރުންގެ މައްޗަށް، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ. މީގެ އިތުރުން ހެކި ނައްތާލި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް