ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 09:59
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
ކައްޕި އާއިއެކު އޮޑި ފެތޭއިރު ރިޔާދަށު ނުވާން އަދީބު ގޮވާލައްވައިފި
ރައީސް ޔާމީން ފިޔަވައި ސަރުކާރުގައި ތިއްބެވި ހުރިހާ ފަރާތްތަކަކީ އަދީބުގެ އެކުވެރިންކަމަށް އެމަނިކުފާނު ވިދާޅުވި
"އުފާވެރިކަން އޮތީ މިކޮޅުގައި"

ކައްޕި އާއިއެކު އޮޑި އަޑިއަށްދާއިރު، ރިޔާދަށު ނުވުމަށް ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

އަދީބާއި ހަވާލާދެއްވައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައްޕި އާއި އެކު އޮޑި އަޑިއަށްދާއިރު، ރިޔާދަށު ނުވެ ސަރުކާރުން ނުކުތުމަށް، ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް އަދީބު ގޮވާލެއްވި ކަމަށެވެ. އަދި ހަމައެއާއިއެކު، ރައީސް ޔާމީން ފިޔަވައި ސަރުކާރުގައި ތިއްބެވި ހުރިހާ ފަރާތްތަކަކީ އަދީބުގެ އެކުވެރިން ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު، "އުފާވެރިކަން އޮތީ މިކޮޅުގައި" ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

އަދީބު މިފަދަ މޭރުމަކުން މެސެޖެއް ދެއްވާފައިވާއިރު، އަދީބަކީ، ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު މިނިވަން ކުރުމަށް ޙުކުމްކުރި ސިޔާސީ ހައްޔަރީންގެ ތެރެއިން އެއް ބޭފުޅާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ދުނިޔޭގައި ސަރުކާރަށް ކުރިމަތިވާ ޕްރެޝަރ ދަނީ އިތުރުވަމުންނެވެ. އެގޮތުން ސަރުކާރުން ތަކުރާރުކޮށް ރައްޔިތުންގެ ޙައްޤުތަށް ހަނިކުރުމާއި، އަސާސީ މިނިވަންކަން ހިފެހެއްޓުމާއި، ޤާނޫނީ އަދި ޝަރުޢީ ނިޒާމު ފުނޑާލުމާއި ގުޅިގެން ވިލާތުގެ އިއްތިހާދު ފަދަ ޖަމުޢިއްޔާތަކުން ވެސް ދަނީ ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަޣުލަބިއްޔަތު ރައްޔިތުންގެ ތާޢީދު ސަރުކާރަށް ގެއްލި، ގަދަބާރުން ސަރުޚާރު ދަމަހައްޓަމުންދާއިރު، ފުލުހުންނާއި ސިފައިން ވެސް ދަނީ ތަކުރާރުކޮށް ޤާނޫނު އަސާސީ އާއި ޤާނޫނޫތަކާއި ޚިލާފަށް، ސަރުކާރު ދިފާޢުކުރުމަށް، ރައްޔިޔުންގެ ޙައްޤުތަކަށް އަރައިގަންނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 05:50
ކްރެޕް ލޯރޑް
!! ވޭތް ޓުގޯ އަދީބް