ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 07:20
ހައްޔަރު ކުރި ބޮޑީގާޑުން
ހައްޔަރު ކުރި ބޮޑީގާޑުން
ރާއްޖެ އެމްވީ
އެސްޕީޖީ ސިފައިން
އެސްޕީޖީގައި މަސައްކަތް ކުރި ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ހައްޔަރުކޮށްފައިވަނީ އެސްއޯއީގެ ދަށުން
ތިން މީހުންވެސް ހައްޔަރުކުރީ ގާޑިޔާ ސަރަހައްދުން

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައި މަސައްކަތް ކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު އެވެ. މިތިންމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ދެކުނު ފަރާތު ގާޑިޔާ ސަރަހައްދުން ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތުދީފަ އެވެ.

މިތިން މީހުން އެސްއޯ ފުލުހުން ގޮސް ހައްޔަރުކޮށްފައިވާކަން އެ ތިން މީހުންގެ އާއިލާއިންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސިމާދާއި ޝާނީޒް އަދި ފައްތާހު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އަހުމަދު ޝާނީޒު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަދި ކުރީގެ ރައީސް ނަޝީދުގެ ބޮޑީގާޑު ސިމާދު ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، ދޫކޮށްލި އެވެ. އަދި އެއަށް ފަހު އެ ދެ މީހުން ވަނީ ސިފައިންގެ ހިދުމަތުން ވަކިކޮށްފަ އެވެ. 

ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް