ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 00:23
ފުލުހުންގެ ގިނަ ބަޔަކު
ފުލުހުންގެ ގިނަ ބަޔަކު
ގޫގުލް
އާންމުވި ވީޑިއޯ
ފުލުހުން ކަމަށް ބެލެވޭ ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
1 ފެބްރުއަރީގައި ނިކުންނާނެ ކަމަށް ބުނެފައިވޭ
މިއީ ފުލުހުން ކަމެއް ޔަގީނެއް ނުކުރެވޭ
މި މައްސަލަ ފުލުހުން ދަނީ ބަލަމުން

ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ކިޔަމަން ނުވާނެ ކަމަށާއި ގާނޫނާ ހިލާފު އަމުރުތައް ކުރުން ނުހުއްޓައިފި ކަމުގައިވާ ނަމަ އޭޕްރީލް 1 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ނުކުންނާނެ ކަމަށް ބުނެ ފުލުހުންގެ ޔުނީފޯމްގައި  ތިބި ބަޔަކު ޔޫޓިއުބްގައި ވީޑިއޯއެއް އާންމުކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. 

ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯގައި ފުލުހުންގެ ޔުނިފޯމްގައި ތިބި ތިން މީހުން ފެނިގެންދެއެވެ. އެ ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. އެވީޑިއޯގައި ބުނެފައި ވަނީ މިގޮތަށް ފުލުހުން ބައްދަލުކޮށްލަންޖެހެނީ، ފުލުހުން ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރަމުންދާތީ އާއި އެތައް ބަޔަކު ފްރޭމްކޮށް އެތައް އާއިލާތަކަށް އަނިޔާތައް ކުރަމުންދާތީ ކަމަށެވެ.

"މަގުމަތިން ރައްޔިތުންނަށް އަނިޔާކުރަމުންދާއިރު ފުލުހުންގެ ތެރެއިން ވެސް މީހުން ހައްޔަރު ކުރަމުންދިއުމަކީ ކަންބޮޑުވާކަމެއް. މާދަމާ އަޅުގަނޑުމެންނަށް އަންގާނީ ޖަލު ގޮޅިއަށް ވަންނަން ނޫން ކަމެއް ނޭނގެ. އެދުވަހަކުން ވެސް ކިޔަމަންތެރިކަމާ އެކު ވަންނަވީތޯ. އެހެންނެއް އެކަމެއް ނުވެވޭނެ. 7 ފެބްރުއަރީ 2012ގައި ވެސް އަޅުގަނޑުމެން ނިކުންނަން ޖެހުނީ މިކަހަލަ އެތަށް ސަބަބުތަކާ ހުރެ،" ވީޑިއޯގައި ބުނެފައިވެއެވެ.

މިވީޑިއޯގައި އިތުރަށް ބުނެފައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށާއި ފުލުހުންނަށް އަންނަ އޯޑަރަށް ކުރާ ކަންކަމުގައި ވަކި ފުލުހުން އޭގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ބުނާ އިރު ވަކިވަކި ފުލުހުން ހައްޔަރު ކުރަމުންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.

ފުލުހުންގެ މުއައްސަސާއަކީ ޕީޕީއެމްގެ ޖަގަހަކާ އެއްފަދަވެފައިވާ ކަމަށާއި ފުލުހުން ބޭނުންކޮށްގެން ކުރަމުންދާ ޖިނާއީ ކުށްތަކަށް ލައްކަ ދުވަހު ކެތް ކުރެވިއްޖެ ކަމަށް ބުނެފައިވެއެވެ.  ދެން އިތުރަށް އެންމެ ދުވަހަކު ވެސް ކެތް ނުކުރާނެ ކަމަށާއި ފުލުހުންގެ މުއައްސަސާއަކަށް އެއްވެސް ސިޔާސީ ޕާޓީއެއް މުހިއްމު ނޫން ކަމަށް އެ ވީޑިއޯގައި ބުނެފައި ވެއެވެ. އެ މުއައްސަސާއަށް މުހިއްމީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން ކަމަށް ވެސް ވީޑިއޯގައި ބުނެފައިވެއެވެ.

އެސްއޯ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މިހާ ހިސާބަށް އައިރު އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައިނުވާ ކަމަށެވެ.

ތަހުގީގު ކުރިއަށްދާ މިންވަރުން މިކަމުގެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް