ކ. މާލެ
|
14 މާރޗް 2018 | ބުދަ 23:41
ދަ ކެލޮރީ ކައުންޓަރ އައުޓްލެޓް
ދަ ކެލޮރީ ކައުންޓަރ އައުޓްލެޓް
ރާއްޖެއެމްވީ
ސިއްހަތު
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!
 
އެއްވެސް ބާވަތެއްގެ ހަކުރެއް ބޭނުމެއް ނުކުރޭ
 
ކެއުންތަކުގައި ތެޔޮ، ބަޓަރު، މަސްނޫއީ ކުލަ ނުހިމެނޭ
 
ކާ އެއްޗެއް ކެއުމުގެ ކުރިން ކެއުމުގައި ހިމެނޭ ޕްރޮޓީންސް އަދި ކާބޯހައިޑްރޭޓްސްގެ މިންވަރު އެނގިގެންދޭ

ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނެއެވެ. މާބޮޑަށް ފަލަވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ ނުވަތަ މީހާ ފިޓް ނޫން ކަމުގެ އިހުސާސް ކުރެވޭ ނަމަ ކަސްރަތު ކޮށްގެންނާއި ޑައެޓް ޖައްސައިގެން މީހާ ފިޓްކޮށް ހުރުމަށްޓަކައި މަސައްކަތް ކުރެއެވެ.

މިގޮތަށް މަސައްކަތްކުރާއިރު ވަޒީފާތަކުގައި ބުރަކޮށް އުޅޭ މީހުންގެ އޮންނަނީ އެންމެ ޝަކުވާއެކެވެ. ކަސްރަތު ކުރި ނަމަވެސް އެންމެ އެދެވޭ ގޮތުގައި އޭގެ އަސަރު ނުފެނުމެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ބިޒީކޮށް އުޅޭއިރު ތަނަކަށް އަރާ ކާންބެލިޔަސް ސިއްހަތަށް ފައިދާ ހުރި ކެއުންތައް އެ ތަންތަނުން ކާން ލިބެން ނުހުންނަ ވާހަކައެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. މިފަހަރު ދުޅަ ހެޔޮ ސިއްހަތެއްގައި ހުންނަ ބޭނުން މީހުންނަށް މި އޮތީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގައި މުޅިން އަލަށް "ދަ ކެލޮރީ ކައުންޓަރ" ގެ ނަމުގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި ފޯރުކޮށްދޭ އައުޓްލެޓެއް މާރޗް 7 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.

މި އައުޓްލެޓް ހުޅުވުމުން ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ބޭނުން މީހުންނަށް ލިބުނީ އުފާވެރި ޚަބަރެކެވެ. މި އައުޓްލެޓް ހިންގާ ފަރާތުން ވެސް ޤަބޫލުކުރާ ގޮތުގައި އެތަނަށް ގިނައިން މީހުން ޒިޔާރަތް ކުރަނީ ސިއްހަތަށް ފައިދާ ހުރި ކާނާ ލިބޭތީއެވެ. އަނެއްކޮޅުން މިއީ ފްރެންޗައިޒްއެކެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ވެސް މި ބްރޭންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. 

ދަ ކެލޮރީ ކައުންޓަރގެ މާލެ އައުޓްލެޓްގެ ވެރިޔާ މުހައްމަދު އިންފާޒް ފާއިޒް ވިދާޅުވި ގޮތުގައި އެތަނުން ތައްޔާރުކުރާ ކާ އެއްޗެހި ކެއުމުގެ ކުރިން އޭގައި ހިމެނޭ ޕްރޮޓީންސް އަދި ކާބޯހައިޑްރޭޓްސްގެ މިންވަރު އެނގިގެންދާނެއެވެ. އެއީ މޭނޫގައި ހުރިހާ ތަފްސީލްތަކެއް ހިމާނާފައިވާތީއެވެ. އަދި އެތަނުން ތައްޔާރުކުރާ ކެއުންތަކުގައި ތެޔޮ، ބަޓަރު އަދި މަސްނޫއީ ކުލަ ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އައުޓްލެޓުން ލިބޭ ބާވަތްތަކުގެ ތެރޭގައި ގްރިލްޑް ޗިކަން އާއި ބީފް، ސޭންޑްވިޗް، ރެޕްސް ފަދަ ތަކެތި ހިމެނެއެވެ.

މީގެ އިތުރުން އިންފާޒް ވިދާޅުވީ އައުޓްލެޓްގައި އެއްޗެހި ތައްޔާރުކުރުމަށްޓަކައި ވަރަށް ހާއްސަ އަވަނެއް ބޭނުންކުރާ ކަމަށާއި އެ އަވަނުން އެއްޗެހި ތައްޔާރު ކުރަން ތެޔޮ ބޭނުން ނުވާ ކަމަށެވެ.

މި އައުޓްލެޓްގެ އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ބުއިންތައް ތައްޔާރު ކުރާއިރު އެއްވެސް ގޮތަކަށް ހަކުރު ބޭނުންނުކުރުމެވެ. ސުމޫތީސް ފަދަ އެއްޗެހި ތައްޔާރު ކުރާއިރު އެއްވެސް ވަރަކަށް ފެން އަދި އައިސްކިއުބް ވެސް ބޭނުމެއް ނުކުރެއެވެ. އެފަދަ ބުއިންތައް ތައްޔާރުކުރާއިރު ހަމައެކަނި ބޭނުންކުރަނީ ތާޒާ މޭވާ އާއި ސްރިލަންކާ އިން އެތެރެކޮށްފައިވާ ތާޒާ މާމުޔެވެ.

އެތަން އިތުރަށް ބުނީ އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް ވެސް ކަސްޓަމަރުންގެ ފަރާތުން ތަރުހީބު ލިބެމުންދާ ކަމަށާއި އެހެންތަންތަނާ އަޅާ ބަލާއިރު އެތާނގެ އަގު ރަނގަޅު ކަމަށް ވެސް ކަސްޓަމަރުން ފާހަގަ ކުރާ ކަމަށް އެތަނުން ބުންޏެވެ.

ދަ ކެލޮރީ ކައުންޓަރގެ ފްރެންޗައިޒް އައުޓްލެޓެއް ކުވައިތުގެ އިތުރުން ސްރީލަންކާގައި ވެސް ހުރެއެވެ.

މިއަހަރުގެ ތެރޭގައި ދަ ކެލޮރީ ކައުންޓަރގެ ފްރެންޗައިޒް އައުޓްލެޓެއް އޮސްޓްރޭލިއާގައި ވެސް ހުޅުވުމަށް ވަނީ ނިންމާފައެވެ.

މި ތަނަކީ ހަމައިގައިމު ވެސް ސިއްހަތައް ފައިދާ ހުރި ކެއުންތައް ކާން ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި ތަނަކަށް ވެގެންދާނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 30 އިންސައްތަ އާބާދީއަކީ އޮބީސް ނުވަތަ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރަށް ހުންނަ މީހުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
17%
0%
0%
0%
33%
50%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ