ކ. މާލެ
|
14 މާރޗް 2018 | ބުދަ 22:17
މާރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
މާރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ރާއްޖެ އެމްވީ
މާރިޔާ އަހުމަދު ދީދީ
މެންބަރު މާރިޔާ، އަމީތު، އަލީ ހުސެއިން، ފައިސަލް ނަސީމް އަދި ކުރީގެ ހައުސިންގ މިނިސްޓަރު އަސްލަމް ހައްޔަރުކޮށްފި
މި ބޭފުޅުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ މަޑުއްވަރީ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު އަމީތު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އަދި ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ހައްޔަރުކޮށްފިއެވެ.

މި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ މިރޭ މަޖީދީ މަގުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިންނެވެ.

މާރިޔާއަކީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައިގެން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މެންބަރުންތަކެއް ހައްޔަރުކޮށްފައިވާ އިރު ފުލުހުން ދަނީ މަޖީދީ މަގަށް އެއްވެފައިވާ މީހުން ދުރުކުރުމަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އެ ގޮތުން ބައެއް އަންހެނުންނަށް ފަރުވާ ދޭންޖެހިފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް