ކ. މާލެ
|
14 މާރޗް 2018 | ބުދަ 18:05
ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
މުޒާހަރާތަކުގެ 42 ވަނަ ދުވަސް: މިރޭ ނުކުންނަނީ ހުއްޓުވަން!
އެއްވުން ފަށަނީ މަޖީދީމަގާއި ޗާންދަނީމަގު ކަންމަތިން
ހުކުދު ދުވަހުގެ ބޮޑު އެއްވުމަށް މަޑު ނުކުރުމަށް އެދުނު
މުޒާހަރާތަކުގެ މޮޓޯއަކަށް ހަދާފައި ވަނީ "ހުއްޓުވާ"

އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުމަށް މަޑު ނުކުރައްވައި، ސަރުކާރުން ކުރަމުންދާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް މިރޭ ނުކުމެވަޑައިގެންނެވުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް ދީފައިވާ ނަމަކީ "ހުއްޓުވާ" އެވެ.

އެ މޮޓޯއާ ގުޅުވައިގެން މ. ކުނޫޒުގައި ބުދަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވަނީ ރައްޔިތުންނަށް ކާމިޔާބު ލިބޭނީ، ސަރުކާރު ކުރަމުން ގެންދާ ފަސާދައިގެ އަމަލުތައް ހުއްޓުވައިގެން ކަމަށެވެ.

އެ އަމަލުތައް ހުއްޓުވުމަށް ގުޅިފައިވާ ޕާޓީތަކުން ބާއްވާ އެއްވުން މިރޭ ފަށާނީ ޗާންދަނީމަގާއި މަޖީދީމަގާ ގުޅޭ ކަންމަތިންނެވެ. އެއްވުން ފަށާނީ 8:30 ގައި ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުންޏެވެ.

ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ލިބޭނީ ރައީސް އަބްދުﷲ ޔާމީން ހުއްޓުވައިގެން ކަަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ފިޔަ ސަރުކާރުން ކޮށާލާފައި ވާތީ، އެ މުއައްސަސާތަކަށް މިނިވަންކަން ހޯދައިދިނުމަށާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދުމަށް ރައީސް ޔާމީން ހުއްޓުވަން ޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން، ކާމިޔާބު ލިބެމުންދާ ކަމަށާއި އެ ކާމިޔާބު ހޯދުމަށް މިރޭ ވެސް މަގުމައްޗަށް ނުކުމެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުން ދެން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ހުކުރު ދުވަހު މާލޭގައި ބާއްވާ އެއްވުމަށް ރަށްތަކުން މީހުން މާލެ އަތުވެއްޖެ ކަމަށާއި ހުކުރު ދުވަހުގެ ބޮޑު އެއްވުމަށް މަޑުނުކޮށް ވީހާ ވެސް އަވަހަކަށް މާލެ އައުމަށް އޭނާ އިލްތިމާސްކުރާ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސަރުކާރަށް ލިބެމުންދާ ގެއްލުމާއި އަނިޔާ އާއި ތުރާތައް ހުއްޓުވަން ޖެހޭ ކަމަށެވެ. ދިވެހި ރައްޔިތުންގެ ހަޒާނާ ލޫޓުވުން ހުއްޓުވަން ޖެހޭ ކަމަށާއި ހަލާލެއް ހަރާމެއް ބެލުމެއް ނެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުން ދެމުންދާ މީހުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މެދުނުކެނޑި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދަމުންދާތާ މިއަދަކީ 42 ވަނަ ދުވަހުއެވެ. ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން, މާލެ އާއި އަތޮޅުތަކުގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންދާއިރު، އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ޕާޓީތަކުން ވަނީ ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 މާރޗް 2018 | ހުކުރު 10:19
ނައުބެ
މިހާރުއޮތްސަރުކާރަކީ ޤާނޫނީ ސަރުކާރެކޭ ދެންނެވޭނެ އެއްވެސް ސިފައެއްމިޙާރަކުނެތް. ރައްޔިތުންގެ ހައްގުހޯދަން މަސަކަތް ކުރުމަކީ ކޮންމެ ދިވެއްސަކައް އޮތް ވާޖިބެއް. މިހާރުގެސަރުކާރު ޤާނޫނީ އިމުގެތެރެޔައް ވުނުމައް ގޮވާލަން ހަމަ އެންމެނައް ލާޒިމު.
14 މާރޗް 2018 | ބުދަ 14:16
ގުޅިފައިވާ
ބަޣާވާތް!
14 މާރޗް 2018 | ބުދަ 14:04
ހ މ ޒ
ދަންނަވަން ވާހަކައެއް، 40 ވީމަ ނުވި ކަމެއް ދެން ﷲ ގެ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުވާނެ. 41 ދުވަސް ހިނގައްޖެ އެނގޭތޯ؟