ކ. މާލެ
|
14 މާރޗް 2018 | ބުދަ 18:25
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިދާރާ
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިދާރާ
މުހައްމަދު ޝަރުހާން
ހައިކޯޓުގެ ފަނޑިޔާރު
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަސަން އަލީ އައްޔަނުކުރަން ނިންމައިފި
ހައިކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޙަސަން ޢަލީ އައްޔަނު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަންގެ ވެބްސައިޓްގައި ބުނެފައި ވަނީ މިގޮތަށް ނިންމާފައި ވަނީ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ 18 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކަމަށެވެ. 

ކ. މާލެ، ދަފްތަރު ނަންބަރު ރސ 9038، ޙަސަން ޢަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމާފައިވާ އިރު، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން މަގާމެއް އޮތީ ހުސްކޮށެވެ. ހަސަން އައްޔަންކުރަން ނިންމާފައި މި ވަނީ މީގެ ތެރެއިން އެއް މަގާމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޝުޖާއު އުސްމާން، އަބްދުލް ޣަނީ މުހައްމަދު، އަބްދުﷲ ހަމީދާއި، ޝުއައިބު ހުސައިން ޒަކަރިއްޔާ، އަބްދުލް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. 

ހުސައިން އަލީ މީގެ ކުރިން ވަނީ ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމު އަދާކުރައްވާފައެވެ. އޭގެ ކުރިން ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމު ވެސް އަދާކުރައްވާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމުން ވަކިކޮށް އާސަންދަ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވިއެވެ. އަދި ހައުސިން މިނިސްޓްރީގެ ނައިބުކަން ވެސް ކުރެއްވިއެވެ. 

މުސާރަ އާއި އިނާޔަތްތަކާ އެކު ހައި ކޯޓުގެ ފަނޑިޔާރަކަށް މަހަކު 50،000 އަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް