ކ. މާލެ
|
14 މާރޗް 2018 | ބުދަ 18:31
އަހުމަދު އަދީބު ޑރ. ޝައިނީއާ އެކު
އަހުމަދު އަދީބު ޑރ. ޝައިނީއާ އެކު
ވީނިއުސް
އަހުމަދު އަދީބު
އަދީބުގެ އިލްތިމާސް: ޔާމީން ނޫން ސަރުކާރުގެ އެންމެނަކީ އަޅުގަނޑުގެ އެކުވެރިން، ރިޔާ ދަށު ނުވެ އަވަހަށް ނުކުންނަވާ
ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުން ސަރުކާރު ދޫކޮށްލުމަށް އަދީބު ވަނީ ގޮވާލައްވާފައި
އުފާވެރިކަން އޮތީ މިކޮޅުގައި

ރައީސް ޔާމީން ފިޔަވައި ސަރުކާރުގައި ތިއްބެވި އެންމެންނަކީ އެކުވެރިން ކަމަށާއި އޮޑި އަޑިއަށްދާ އިރު ރިޔާ ދަށު ނުވެ އަވަހަށް ސަރުކާރުން ނުކުތުމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

މިވަގުތު ވެސް ޖަލުގައި އޮންނެވި ޢަދީބުގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ފިޔަވައި ސަރުކާރުގައި ތިއްބެވި އެންމެންނަކީ އަހުމަދު އަދީބުގެ އެކުވެރިން ކަމަށް އަދީބު ވިދާޅުވި ކަމަށެވެ. އަދި ކައްޕިއާ އެކީ އޮޑި އަޑިޔަށްދާއިރު ރިޔާދަށު ނުވެ ސަރުކާރުން ނިކުތުމަށް އަދީބު ގޮވާލައްވާ ކަމަށެވެ. މީގެ އިތުރުން "އުފާވެރިކަން އޮތީ މިކޮޅުގައި" ކަމަށް ވެސް ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަދީބާ ހަވާލާ ދެއްވައި ސިރާޖް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމެނީ ކަމަށާއި ގަދަކޮށް ހިފަހައްޓާލުމަށް މިވަގުތު ޖަލުގައި އޮންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެފައި ވަނިކޮށެވެ. އަދި "ހަމަ ކަށަވަރުން ވެސް ނިމޭނެ ކަމަށް" ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 08:57
hold trial
We will hold trial against "Adheeb" as well and he has to pay prices for his atrocities too
14 މާރޗް 2018 | ބުދަ 13:51
Nani
Insha allah mikan vara avaha nineune hurihaa beyfulhuves duvaakuravaa ginaginaa konmevagithakuves konmethakuhurefaves duvaakuravaa .