ކ. މާލެ
|
14 މާރޗް 2018 | ބުދަ 17:17
ގާނޫނީ ވަކީލުންތަކެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:-
ގާނޫނީ ވަކީލުންތަކެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:-
މުހައްމަދު ޝަރުހާން
ހިސާން ހުސައިން
އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ބައްދަލުވުމުގައި ގޮނޑިދަށުގައި ރެކޯޑަރެއް!
ރެކޯޑް ހަރުކޮށްފައި އޮތީ ހިސާން އިންނެވި ގޮނޑީގެ ދަށުގައި
ފުލުހުންނަށް ވަނީ އެ ރެކޯޑަރު އޮތްތަން ދައްކާފައި
މައްސަލަ ބަލާ ކަމަށް ފުލުހުން ވަނީ ބުނެފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ އެމަނިކުފާނު ގާނޫނީ ވަކީލު ހިސާން ހުސެއިން ދޫނިދޫގައި ބައްދަލު ކުރެއްވުމަށް ފުލުހުން ހަމަ ޖެއްސެވި ކޮޓަރީގައި ރެކޯޑަރެއް ހަރުކޮށްފައި އޮއްވާ ފަޅާއަރައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ ރެކޯޑަރެއް ހަރުކޮށްފައި އިނނީ އޭނާ އިށީންދެ އިންނެވި ގޮނޑީގެ ދަށުގައި ކަމަށެވެ. އަދި ވިދާޅުވީ އިށީނދެ އިންނެވި ގޮނޑިދަށް ބެއްލެވީ އެކަމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިނގުމުން ކަމަށެވެ. އެގޮތުން އެހެން ފަހަރުތަކާ ޚިލާފަށް ކޮޓަރީގައި ވަކި ގޮނޑިއެއްގައި އިންނެވުމަށް ފުލުހުން ބާރު އަޅަމުން ގެންދިޔަ ކަމަށާއި ރެކޯޑަރު ފެނުމުން ވަގުތުން އެ ސަރައްދުގައި ތިބި ތިން ފުލުހަކު ގެނެސް އެ ރެކޯޑަރު ހަރުކޮށްފައި އޮތްތަން ދެއްކި ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ވަކީލުންނާ އެކު ބޭއްވޭ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވާއިރު ސިއްރުން އެ ބައްދަލުވުމުގެ ވާހަކަތައް ފުލުހުން އަޑުއަހަން މަސައްކަތް ކުރުމަކީ ދޫނިދޫގައި ތިބި ފުލުހުންތަކެއް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިއަދު އަޅުގަނޑު ދިވެހި ރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރުމަށް ދިޔައީމަ ވަކީލުންގެ ބައްދަލުވުމުގައި އިށީންނަން އެންގީ ކޮޓަރިއެއްގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި. ދެން އެ ގޮނޑީގައި އިށީންނުމަށް ފަހު އެމީހުން އެހާ ބޮޑަށް ކޮޓަރީގައި ބައްދަލުކުރުމަށް ބާރު މި އަޅަނީ ކިހިނެތް ވެގެންތޯ ސުވާލު ކުރީމަ މި ވިދާޅުވަނީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވީމަ ނުވަތަ ފަނޑިޔާރެއް ވީމަ ފިނިތަނެއްގައި ބޭތިއްބުމުގެ ބޭނުމުގަ އޭ،" ހިސާން ވިދާޅުވިއެވެ.

ވަކީލުންގެ ބައްދަލުވުމުގެ އަޑުތައް ސިއްރުން އެހުމަށް މަސައްކަތްކުރަމުންދާތީ އެ މައްސަލަ ޖެއްސުމުން ފުލުހުން އެދުނީ އެވަގުތު ދޫނިދޫގައި ތިބި ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެންގެވި ކަމަށާއި އަދި އެ ރެކޯޑަރު އޮތްތަން ބަލަން އަންނަން އެ ބޭފުޅުން ބޭނުންފުޅު ނުވި ކަމަށެވެ. އަދި އެކަމުން، މިއީ ދޫނިދޫގައި ތިއްބެވި އިސްވެރިންނަށް ވެސް އެނގިގެން ރޭވިގެން ހިނގަމުންދާ ކަމެއްކަން ދޭހަވި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ހިސާން ވިދާޅުވީ ވަކީލުންގެ ބައްދަލުވުމުން ސިއްރުން އަޑުއެހުމަށް މަސައްކަތްކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި އެކަން ފުލުހުން ބަލަން ޖެހޭނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ ވަކީލުންގެ ބައްދަލުވުމުންތައް ސިއްރުން އަޑުއަހާ ކަމުގެ ވާހަކައަކީ މީގެ ކުރިން ވެސް އިވެމުންދިޔަ ވާހަކަތަކެއް ކަމަށެވެ. ބަންދުގައި ތިބޭ މީހުންގެ ވަކީލުންނާ އެކު ބާއްވާ ބައްދަލުވުމުންތައް އަޑުއަހަން ފެށުމުން ފުލުހުން އަތުގައި ހެއްކެތް ނެތްކަން އެނގޭ ކަމަށް ވެސް މަހްފޫޒު ވިދާޅުވިއެވެ.

"ސިއްރުން ވާހަކަ އަޑުއެހުމަކީ ޖިނާއީ އިޖްރާއަތުގެ ދަށުން ޖިނާއީ ކުށެއް. އެ ކުށް އެ ބޭފުޅުން އެ ކުރެއްވީ. އަޅުގަނޑުމެން ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނަން. މިއަދުގެ ޝިފްޓްގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މައްޗަށް، ދޫނިދޫ އިންޗާޖުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މައްޗަށް،" މަހްފޫޒު ވިދާޅުވިއެވެ.

ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ދޫނިދޫގައި އަދި މާފުށީގައި ވެސް ވަކީލުން ބަންދުގައި ތިބޭ މީހުންނާ އެކު ބައްދަލުވުމުން ބާއްވާއިރު ސިއްރުން އަޑުއަހާކަމުގެ ވާހަކަތައް މީގެ ކުރިން ވެސް އިވިފައިވާ ކަމަށެވެ. އަދި ދޫނިދޫގައި ވަކީލުންގެ ބައްދަލުވުމުން އަޑުއަހަން ރެކޯޑަރު ހަރުކުރި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

އެހެން ގާނޫނީ ވަކީލުން ވެސް ވިދާޅުވީ ފުލުހުން އެ މައްސަލަ ބަލައި އެކަން ކުރި ބަޔަކު ހޯދަން ޖެހޭނެ ކަމަށެވެ.

ދޫނިދޫގައި ވަކީލުންގެ ބައްދަލުވުން ބާއްވާ ކޮޓަރިތެރެއިން ރެކޯޑަރެއް ފެނުން މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ބުނީ އެއީ ފުލުހުން ބަދުނާމު ކުރުމަށް ވަކީލުން ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް ފަހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

ފުލުހުން ބަދަނާމު ކުރުމަށް ވަކީލުން މަސައްކަތްކުރާ ކަމަށް ބުނުމުން ހިސާން ވިދާޅުވީ ފުލުހުން ބަދުނާމް ވަނީ ވަކީލުން ދައްކަވާ ވާހަކައިން ނޫން ކަމަށާއި ފުލުހުންކުރާ އެފަދަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 މާރޗް 2018 | ބުދަ 18:14
(IED)
next will an improvised explosive device (IED)
14 މާރޗް 2018 | ބުދަ 14:09
ހ މ ޒ
ފުލުހުންނާއި ގުޅޭގޮތުން ހަޤީޤަތެއްނެތް ވާހަތަކެއް ދައްކައި އިދިކޮޅު ވަކީލުން މަސައްކަތްކުރަނީ ފުލުހުން ބަދުނާމު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެނތޯ؟
14 މާރޗް 2018 | ބުދަ 13:38
Nani
Thifada kankan kunfunithakugaves ebahinga. Verikamuge baaruderavivaraka thifadakankanves hingaane. Kunfunegaves ebaulhe thifadakame dimaavegen demeehakudekivaahakaye rikod kogen .yaaneenakee vagekey buni meeha vazeefaan vakivaanves angaafi.
14 މާރޗް 2018 | ބުދަ 13:15
amir
dhivehi fuluhun thubeytha thibeynee raeesunge muvahzafun