ކ. މާލެ
|
14 މާރޗް 2018 | ބުދަ 16:54
ޗެނަލް13 ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދު
ޗެނަލް13 ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދު
ފޭސްބުކް
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކޮމްއަށް ޗެނަލް13 ގެ ނިއުސްހެޑް އަމްޖަދު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި
އެމައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދު
ކޮމެޓީން ފާސްކުރީ ވެސް މިއަދު
މަޖިލީހުން ރުހުންދިނީ ވެސް މިއަދު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ސަރުކާރު ޕްރޮމޯޓްކުރާ ޗެނަލް 13ގެ ނޫސްވެރިޔާ އަމްޖަދު ވަހީދަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފިއެވެ.

އަމްޖަދު އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުން ބުދަ ދުވަހު ހަވީރު 14:30 ގައި ބޭއްވި ޖަލްސާގައި ފާސްކޮށްފައި ވަނީ 36 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި ޕީޕީއެމްގެ ހަތަރު މެންބަރަކު ބައިވެރިވަޑައެއް ނުގަންނަވައެވެ. އަމްޖަދަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 76.6 މާސްކް ދެއްވައިގެންނެވެ. 

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ އެކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފަސް އަހަރުގެ ދައުރު މިމަހުގެ 13 އަށް ހަމަވެފައިވާތީއެވެ. 

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ފަސް ނަމުގެ ތެރޭގައި އަމްޖަދުގެ އިތުރުން ބްރޯޑްކޮމްގެ މެމްބަރު ކަމުގެ ދައުރު ހަމަވެފައިވާ އަސްލަމްގެ ނަން ވެސް ހިމެނެއެވެ. ދެން ހިމެނެނީ، ހ. ޕްރިޓީވިލާ މުހައްމަދު ޝަމީމްއާއި، ރ. އިނގުރައިދޫ ކީސްވިލާ މުހައްމަދު ސައުޒަމްގެ އިތުރުން ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުގެ ނަމެވެ. 

ބްރޯޑްކޮމްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. މެމްބަރުކަމުގެ ދައުރު ހަމަވެގެން ވަކިވެފައިވާ އެކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަސްލަމް ފިޔަވާ ދެން އެކޮމިޝަންގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ ޒީނާ ޒާހިރާއި ހަސަން ނަބާހު އާއި ސަރާހަތު އިއްޒަތާއި ފާތިމަތު ޒައިނާގެ އިތުރުން އިސްމާއިލް ޞަފްވާންއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ގާނޫނަކުން އުފެދިފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް ބްރޯޑްކާސްޓަރުންގެ ތަަރައްގީއަށް މަސައްކަތް ކުރުމެވެ. 

ނަމަވެސް ރައީސް ޔާމީންގެ މިސަރުކާރުގައި އެކޮމިޝަން ވެފައި ވަނީ ރައްޔިތުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި އެއް ކޮމިޝަނެވެ.

ބްރޯޑްކޮމްއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ އެ ކޮމިޝަނުން ކުރާ ހަމައެކަނި މަސައްކަތަކީ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އިނދަޖައްސާލުން ކަމަށެވެ. 

ބްރޯޑްކޮމް އިން ވަނީ ރާއްޖޭގެ ރައްޔިތުންގެ އެންމެ މަގްބޫލް ޓީވީ ޗެނަލް ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން 1.7 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. އޭގެ އިތުރުން ދާދި ފަހުން ވީޓީވީ އާއި ވީއެފްއެމް ޖުމްލަ 400،000ރ. އިން ޖޫރިމަނާކޮށްފައި ވެއެވެ.

ބްރޯޑްކޮމްގެ ބައެއް މެމްބަރުންނަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ އޮފީހުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އަދި ކޮމިޝަންގެ މެމްބަރު ކަމުގައި ވެސް ރައީސް ޔާމީންގެ އިވެންޓެއްގައި، އެ އިވެންޓްގެ އިންތިޒާމުގެ ކަންކަމުގައި އެ ކޮމިޝަނުގެ މެމްބަރެއް ހަރަކާތްތެރިވެފައިވާ މަންޒަރު ޓީވީތަކުން ފެނިގެން ގޮސްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް