ކ. މާލެ
|
14 މާރޗް 2018 | ބުދަ 13:17
ބްރޯޑްކޮމްގެ ހަ މެމްބަރެއް މަގާމު ހަވާލު ކުރައްވަނީ
ބްރޯޑްކޮމްގެ ހަ މެމްބަރެއް މަގާމު ހަވާލު ކުރައްވަނީ
ގޫގުލް
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޗެނަލް 13ގެ ނޫސްވެރިޔާ އަމްޖަދާއެކު ފަސް ނަމެއް މަޖިލީހަށް!
ޗެނަލް 13ގެ ނޫސްވެރިޔާ އަމްޖަދުގެ ނަން ހިމެނެނީ ފުރަތަމަ ނަމުގެ ގޮތުގައި
ދައުރު ހަމަވި ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަސްލަމްގެ ނަން ވެސް ހިމެނޭ
މިއީ ރައްޔިތުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް މިނިވަން މުއައްސަސާ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ސަރުކާރު ޕްރޮމޯޓް ކުރާ ޗެނަލް 13ގެ ނޫސްވެރިޔާ އަމްޖަދު ވަހީދުއާއެކު ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވައިފި އެވެ. 

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ އެކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފަސް އަހަރުގެ ދައުރު މިމަހުގެ 13 އަށް ހަމަވެފައިވާތީ އެވެ. 

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ފަސް ނަމުގެ ތެރޭގައި ޗެނަލް 13ގެ ނޫސްވެރިޔާ އަމްޖަދު ވަހީދުގެ އިތުރުން ބްރޯޑްކޮމްގެ މެމްބަރު ކަމުގެ ދައުރު ހަމަވެފައިވާ އަސްލަމްގެ ނަން ވެސް ހިމެނެ އެވެ. ދެން ހިމެނެނީ، ހ. ޕްރިޓީވިލާ މުހައްމަދު ޝަމީމްއާއި، ރ. އިނގުރައިދޫ ކީސްވިލާ މުހައްމަދު ސައުޒަމްގެ އިތުރުން ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުގެ ނަމެވެ. 

ބްރޯޑްކޮމްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. މެމްބަރުކަމުގެ ދައުރު ހަމަވެގެން ވަކިވެފައިވާ އެކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަސްލަމް ފިޔަވާ ދެން އެކޮމިޝަންގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ ޒީނާ ޒާހިރާއި ހަސަން ނަބާހުއާއި ސަރާހަތު އިއްޒަތާއި ފާތިމަތު ޒައިނާގެ އިތުރުން އިސްމާއިލް ސަފްވާން އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ގާނޫނަކުން އުފެދިފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް ބްރޯޑްކާސްޓަރުންގެ ތަަރައްގީއަށް މަސައްކަތް ކުރުމެވެ. 

ނަމަވެސް ރައީސް ޔާމީންގެ މިސަރުކާރުގައި އެކޮމިޝަން ވެފައިވަނީ ރައްޔިތުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި އެއް ކޮމިޝަނެވެ.

ބްރޯޑްކޮމްއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ އެ ކޮމިޝަނުން ކުރާ ހަމައެކަނި މަސައްކަތަކީ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އިނދަޖައްސާލުން ކަމަށެވެ. 

ބްރޯޑްކޮމްއިން ވަނީ ރާއްޖޭގެ ރައްޔިތުންގެ އެންމެ މަގްބޫލް ޓީވީ ޗެނަލް ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން 1.7 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. 

ބްރޯޑްކޮމްގެ ބައެއް މެމްބަރުންނަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ އޮފީހުގައި މީގެކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އަދި ކޮމިޝަންގެ މެމްބަރު ކަމުގައިވެސް ރައީސް ޔާމީންގެ އިވެންޓެއްގައި، އެ އިވެންޓްގެ އިންތިޒާމުގެ ކަންކަމުގައި އެ ކޮމިޝަނުގެ މެމްބަރެއް ހަރަކާތްތެރިވެފައިވާ މަންޒަރު ޓީވީތަކުން ފެނިގެން ގޮސްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 މާރޗް 2018 | ބުދަ 09:06
ޙާލުގެ ދުލުން
MDP verikamuga fenigen dhiyaee epartyge inthikbaabaai behey kometeege veriyaa EC ge raeeskamah iskuri manzaru e ee ragalhugotheh noonkan miadhu gaboolu kuravvaathoa? hehehehey