Advertisement
ކ. މާލެ
|
14 މާރޗް 2018 | ބުދަ 13:12
ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ
ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ
ޓްވިޓަރ
ފިޝަރީޒް މިނިސްޓްރީ
މަސްވެރިން ސިޔާސީ ކުރަން އުޅޭކަމަށް މަސްވެރިންކޮޅެއް ވަނީ މައުލޫމާތު ދީފައި: ޝައިނީ
އިދިކޮޅު ފަރާތްތަކުން މަސްވެރިން ސިޔާސީ ކުރަން މަސް ދޯނި ފަހަރުގައި މީހުން މާލެއަށް ގެންނަން މަސައްކަތް ކުރާކަމަށް މަސްވެރިންކޮޅެއް މައުލޫމާތު ދީފައިވާކަމަށް ޝައިނީ ވިދާޅުވި

މަސްވެރިން ސިޔާސީ ކުރަން މަސްދޯނި ފަހަރުގައި މާލެ ގެންނަން މަސައްކަތް ކުރާކަމަށް މަސްވެރިންކޮޅެއް މައުލޫމާތު ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްދޯނި ފަހަރުގައި މާލެ ގެންނަން މަސައްކަތް ކުރި ކަމުގައި ވިއަސް މިކަމުގައި މަސްވެރިން ބައިވެރި ނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޝައިނީ މިހެން ވިދާޅުވީ މަސްދޯނީގައި މުޒާހަރާއަށް މީހުން އުފުލާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކޮށްފައިވާ އިއުލާން އެޓޭޗް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެއިއުލާނުގައި ބުނެފައިވަނީ އޮޑިދޯނިފަހަރާއި މަސްވެރިކަން ކުރާ އުޅަނދުތަކުން އެފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުތައް ބޭނުންކޮށްފިނަމަ މަސްވެރިކަން ކުރުމަށް އެމިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، އެފަދަ އުޅަނދުތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝައިނީ މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން މިމަހުގެ 16 ގައި ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ބައިވެރިވުމަށް މާލެއައުމަށް އިދިކޮޅުފަރާތްތަކުން ވަނީ ގޮވާލާފައެވެ.

- ކޮމެންޓް
14 މާރޗް 2018 | ބުދަ 10:57
10000
10000
14 މާރޗް 2018 | ބުދަ 10:06
Fathun
Keahve masverin baiveri nuvanvee yamin oythee masverin nah varah vaudhu vefa eh nuntho ehnmaa emeehunge hahgu hoadhan emeehun vx nukunnaane eh nuntho