ކ. މާލެ
|
14 މާރޗް 2018 | ބުދަ 09:31
ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ލަންކާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ލަންކާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް ނަޝީދު
އިދިކޮޅުފަރާތަްތައް ހައްޔަރުކުރުން ހުއްޓާލާ: ރައީސް ނަޝީދު
އެމްޑިޕީގެ ގައުމީ މަޖިލީހުގެ ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވަނީ އެސްއޯއީގެ ދަށުންކަމަށް ބުނޭ
އެޕާޓީގެ ޔޫތް ވިންގުގެ ބައެއް މެންބަރުންވެސް ވަނީ ހައްޔަރުކޮށްފައި

އިދިކޮޅު ފަރާތްތަަކަށް ސީދާ އަމާޒުކޮށްގެން ކުރިއަށް ގެންދާ ހިފާ ހައްޔަރުކުރުމުގެ ކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އަބުދުﷲ ޔާމީނަށް ގޮވާލައްވައިފިއެވެ.

އެސްއޯއީގެ ދަށުން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ ގިނަ ފަރާތްތަކެއް ހައްޔަރު ކުރަމުންދާ ދަނޑިވަޅެއްގައި، ބުދަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ވަހީދާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު(މާމިގިލީއިބޫ) އަދި ސިޔާސީ ގޮތުން ހައްޔަރު ކޮށްފައި ތިބި ހުރިހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރަމުންދާއިރު، އެޕާޓީގެ ޔޫތު ވިންގްގެ ބައެއް ފަރާތްތައް ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.މީގެ އިތުރުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދާއި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން އިލްހާމް ވަނީ ހައްޔަރު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް