ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 22:54
މަޖިލީހުގެ ރައީސް މަސީހް
މަޖިލީހުގެ ރައީސް މަސީހް
މުހައްމަދު ޝަރުހާން
މަޖިލިސްގެ ރައީސް
ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.
 
މަޖިލީހުގެ ރިޔާސަތުގައި އިންނަވަނީ ސިފައިންގެ ހިމާޔަތުގައި

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީއަށާއި، ދިވެހިރައްޔިތުންގެ ހައްގުތަށް ދެމެހެއްޓުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތަށް އަމަލު ކުރުމަށް މާތް ﷲ ގަންދީ ހުވައިކުރައްވައިގެން ހުންނެވި އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދެވެ. ކުރެއްވި ހުވާ މިއަދު ހަނދުމަފުޅު ކޮށްދިނުމަށް ޖެހުނު ހިނދު އަހުރެން އެކަން ކުރަމެވެ.

މިއީ ވަކިމީހެއްގެ ގައުމެއް ނޫނެވެ. މިގައުމުގައި އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންފައިވާ މަގާމަކީ ތާއަބަދަށް ނުވަތަ މަރު ދުވަހަށް ދަންދެން މިލްކު ވެގެންވާ އެއްޗެއް ނޫނެވެ. އެގޮތަށް އެއްވެސް ބޭފުޅަކަށް ހީފުޅުވާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ.

މިގައުމުގައި ގޯސް މައްޗަށް ގޯސްހެދުމަށް ސަރުކާރަށް ފުރުޝަތު ލިބުނީ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެފުރުޝަތު ދެއްވުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި ދަނީ ބުނަމުންނެވެ. ގާނޫނުތަކާއި، ގާނޫނު އަސާސީ އެވަގުތަކަށް ސަރުކާރުން ބޭނުން ގޮތަކަށް ބަދަލު ކުރެވެނީ އެމައްސަލަތައް މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްގެންނެވެ. އެފަދަ އިދިކީލި އިސްލާހުތަކަށް މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވޯޓަށް އައްސަވާތީއެވެ. އެކަމުގެ ގާނޫނީ ޒިންމާ ނަންގަވަންޖެހޭ ފަރާތަކީ އާހިރުގައި މަޖިލީހުގެ ރައީސެވެ.

 ވޯޓަށް އައްސަވައި މަޖިލީހުގެ ތަޅުމުން ފާސްކުރެވިފައިވާ ކިތަންމެ ބިލެއް ގާނޫނު އަސާސީއާ ހިލާފް ކަމަށް ހެކި ދައްކަވައި އެތައް މެމްބަރުންނެއް، އެތައް ވަކީލުންނެއް މިއަދު ގައުމުގައި އެބަތިއްބެވިއެވެ. ދިވެހިންނަށް މިއަދު ލިބިފައި އޮތް ގާނޫނު އަސާސީއަކީ އޭގައި ލިޔެފައި އޮތް އެއްޗެއް ސާފުނުވެގެން އުޅެންޖެހޭވަރު އެއްޗެއް ނޫނެވެ. އޭގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް ގޮތާއި، އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަދެގަނެގެން ނުވާނެކަން ބުނެދީފައި ވަނީ ސާފު ބަހުންނެވެ. އެހެން އެކަން އޮތް ނަމަވެސް މަޖިލީހުގައި މިއަދު ފެންނަ މަންޒަރާއި، ކިޔާ އަންބާގެ ގޮތުން ހުރިހާ ކަމަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭ ފަރާތަކީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސީހް ބޭނުންކުރައްވާ ކާރުކޮޅުގައި އެ ވަނީ ދިވެހި ދައުލަތުގެ ނިޝާނެވެ. އެއީ މިގައުމުގެ ކޮންމެ ދަރިޔަކު ފަހުރުވެރިވުން ހައްގު ނިޝާނެވެ. އޭގެ ހިޔަލުގައި ހުންނަވައިގެން މިގައުމަށް ހެވެއް އެދިގެން މެނުވީ އެއް ކަމެެއް ވެސް ކުރައްވައިގެން ނުވާނެއެވެ. އެ ނިޝާނުގެ ހިޔަލުގައި މަޖިލީހުގެ ރައީސް ހުންނަވާއިރު ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުން ނޫން އިތުރު އެއްކަމެއް ކުރައްވަން އުޅުއްވައިގެން ނުވާނެއެވެ.

މިއީ ދުނިޔެއެވެ. މިދުނިޔެ ދައްކާފައިވާ ކޮންމެ މަންޒެއް، އެއީ އިބުރަތެއް ކަމުގައި އެންމެން ވެސް ޖެހޭނީ ގަބޫލު ކުރާށެވެ. މިދުނިޔޭގައި އިއްޔެ ލިބުނު މަގާމާ ނުފޫޒާ ބާރު އަތުން ބީވެދިޔުމަކީ ހިނގާނެ ކަންކަމެވެ. ބާރު މުށުތެރޭގައި އޮތުމުން ބޭނުން ކޮންމެ ބަދަލެއް މިއަދު ގާނޫނު އަސާސީއަށް ނުވަތަ ގާނޫނަކަށް ގެނައުމުގައި މަޖިލީހުގެ ރައީސްއަށް ބައިވެރިވެވަޑައިގެން މަގު ފަހި ކުރެއްވިދާނެއެވެ. އެހެން ނަމަވެސް މިދުނިޔޭގައި ގަބޫލު ކުރައްވަންވީ ހަގީގަތަކީ "އިލާހީ ގާނޫނު" ދެމި އޮންނާނެ ކަމެވެ. އެޔަށް އެއްވެސް އިންސާނެއްގެ ބާރު ނުހިނގާނެ ކަމެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
60%
0%
0%
0%
40%
ކޮމެންޓް
13 މާރޗް 2018 | އަންގާރަ 18:30
Nani
Hendunu hendunaa nubelenee ehenve.ekam v balaahive v fakaa eporuguraam miyuzik himeney lava genaathee balan v undagoove
13 މާރޗް 2018 | އަންގާރަ 18:27
Nani
Saabas thigothuga kuriya dey.insha allah kaamiyab vaane..........hendunu hendunaa genna lavatha gen naathe masalayakee .miyuzik himeney lava genaa thee raaje tv ge masalayakee ehen noonee ok baraabaru.