ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 17:40
މިނިސްޓަރ ޝައިނީ ރައީސް އޮފީހުގެ ޕްރެސްކޮންފަރެންސެއްގައި
މިނިސްޓަރ ޝައިނީ ރައީސް އޮފީހުގެ ޕްރެސްކޮންފަރެންސެއްގައި
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
އަހަރުމެން ކަޝްމީރު މައްސަލައަކަށް ވެސް ނުވަންނަން، އިންޑިއާ އިން ވެސް ރާއްޖޭގެ އެތެރޭގެ މައްސަލަތަކަށް ވަންނާކަށް ނުޖެހޭ: ސަރުކާރު
ރާއްޖޭގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމުގެ ފުރުޞަތު ރާއްޖެއަށް ދޭން ޖެހޭ
މައްސަލަތައް ހައްލު ކުރުމުގެ ޤާބިލިއްޔަތުކަން ދިވެހިންގެ އެބަހުރި
އެހީއެއް ބޭނުންވެއްޖެ ނަމަ ރާއްޖެއިން އެހީއަށް އެދޭނެ

ދިވެހިރާއްޖެ އިން ކަޝްމީރުގެ މައްސަލައިގައި މެދުވެރިއަކަށް ވާން އެދިފައި ނުވާނެ ކަމަށާއި، ހަމަ އެފަދައިން ރާއްޖޭގެ އެތެރޭގެ މައްސަލައަކަށް އިންޑިއާ އިން ވެސް ވަންނަން ނުޖެހޭ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކަށް ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ކަމަށް ބުނެ އަންގާރަ ދުވަހު ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ފިޝަރީޒް ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމުގެ ފުރުޞަތު ރާއްޖެއަށް ދޭން ޖެހޭ ކަމަށާއި، އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ޤާބިލިއްޔަތުކަން ދިވެހިންގެ އެބަހުރި ކަމަށެވެ. އަދި ބޭރު ބައެއްގެ އެހީ ބޭނުންވާ ހާލަތެއް މިވަގުތު ޤައުމުގައި ނެތް ކަމަށް ޝައިނީ ވިދާޅުވިއެވެ.

ބޭރުގެ ކުލީ ސިފައިންތަކެއް މާލެއަށް އަރައި 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާއަށް އިޝާރާތް ކުރައްވައި މިނިސްޓަރ ޝައިނީ އިތުރަށް ވިދާޅުވީ، ފަހުގެ ތާރީޚުގައި ބޭރު ބައެއްގެ އެހީ ރާއްޖެއިން ބޭނުންވީ އެންމެ ފަހަރަކު ކަމަށާއި އެފަހަރު އެހީ ހޯދީ އިންޑިއާގެ ފަރާތުން ކަމަށެވެ. އަދި ދެންވެސް އެފަދަ އެހީއެއް ބޭނުންވެއްޖެ ނަމަ ރާއްޖެ އިން އެހީއަށް އެދޭނެ ކަމަށާއި، އެހީއަށް އެދެންދެން ބައިނަލްއަޤުވާމީ ދުނިޔެއިން އަމިއްލަ ހާލައިގެން ރާއްޖެ ދޫކޮށްލަން ޖެހޭ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމުގެ ތެރެއަށް އިނޑިއާ ވައްދައި މައްސަލަ ގޯސް ކުރުމަށް މަސައްކަތް ކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި، އެގޮތުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް އެރުމަށް ނަޝީދު ގޮވާލެއްވި ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ. ރާއްޖޭގެ މައްސަލަ ހައްލުކުރުމަށް އަސްކަރީ އިތުބާރު ލިބިފައިވާ ސަފީރަކު ރާއްޖެއަށް ފޮނުވައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެން އެ އެދިވަޑައިގަތުމާއި ގުޅޭ ގޮތުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހާއި މީޑިއާގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައިވާއިރު، އެ މަޢުލޫއަށް އިންޑިއާ ސަރުކާރުން އަޅައި ނުލާ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ގެންގުޅެނީ "އެންމެ ފުރަތަމަ އިންޑިއާ" ސިޔާސަތެއް ކަމަށާއި، ނަމަވެސް ތަރައްޤީއަށްޓަކައި، އެހީ ލިބުނު ދިމާލަކުން އެހީ ހޯދާނެކަން ޝައިނީ ފާހަގަކުރެއްވިއެވެ.

ޗައިނާ އަށް ރާއްޖެ އިން ފުރުސަތުތައް ދިނުމުގައި އިސްކަން ދޭ ކަމަށް ބުނާ ވާހަކައާ ގުޅިގެން ވެސް ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޒުވާނުންގެ ތަރައްގީ އަށް ރާއްޖެއިން އިސްކަންދޭ އިރު ވަޒީފާތަކާއި އުމްރާނީ ތަރައްގީ ގެނައުން ސަރުކާރަށް މުހިންމު ކަމަށާއި އެހެން ކަމުން އެ މަޝްރޫއުތައް ހިންގުމަށް އިންވެސްޓްކުރާނެ ފަރާތްތަކަށް ރާއްޖެ ހުޅުވާލެވިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ބައެއްގެ އެހީތެރިކަން ވެސް ރާއްޖެ އިން ބަލައި ގަންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިންވެސްޓްކޮށްފައި ވަނީ ހަމައެކަނި ޗައިނާ އިން ނޫން ކަމަށާއި އިންޑިއާ އާއި ޔޫރަޕް އަދި ހާއްސަކޮށް އެމެރިކާގެ ނަން މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. 

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަކުރެވިދާނެތޯ ކުރި ސުވާލާ ގުޅިގެން ޑރ. ޝައިނީ ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ގާނޫނޫތަކުގެ ދަށުން އެކަމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ސިޔާސީ ފަރާތްތަކުން އެއްބަސްވެއްޖެ ނަމަ އިސްލާހު ގެނެސްގެން ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރަކު ރަހީނުކުރި ކަމަށް ޚުދު ރައީސް ނަޝީދު ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ދިގު މުއްދަތެއްގެ ހުކުމެއް އިއްވާފައިވާތީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބަައިވެރިވަޑައިގެންނެވޭ ގޮތް ހަދައިފި ނަމަ އެހެން ގައިދީންނާއި ޓެރަރިސްޓުންނަށް ވެސް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 މާރޗް 2018 | އަންގާރަ 15:52
ނިހާނު
މިނިސްޓަރުކަން ދިނީމަ މިބޭފުޅުން ކޮންމެފަދަ ކަމެއް ވެސް އަދި ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަން ދިވެހިންނައް މިހާރު އެބައެގޭ. . ބަޔެއްމީހުން ކިޔަވައިގެން ތިބެ "ޕްރޮސްޓިޓިއުޓް " ކުރުމަކީ ވަރއް ހިތާމަހުރިކަމެއް.
13 މާރޗް 2018 | އަންގާރަ 14:07
ގައްދާރު
ޤައުމަށް އެންމެ ބޮޑަށް ގައްދާރުވެފައި ހުރީ، އައީސް ޔާމީން އަދި އާޒިމާ ޝުކޫރު،