ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 14:54
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު(އިބޫ) ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު(އިބޫ) ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
ޓްވިޓަރ
އެމްޑީޕީ އިސް ފަރާތްތަކުން ހައ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މާމިގިލި އިބޫ ފުލުހުން ހައްޔަރުކޮށްފި
އިބޫ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވޭ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު(އިބޫ) ފުލުހުން ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ، އިބޫ ފުލުހުން ހައްޔަރުކޮށްފައިވަނީ  ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ އެވެ.

އިބޫ ހައްޔަރުކޮށްފައިވާ އިރު ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިތުރު މެންބަރަކު ހައްޔަރުކޮށްފައިވާ އިރު ފުލުހުން ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދާއި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން އިލްހާމް ވެސް ހައްޔަރު ކޮށްފަ އެވެ.

އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ގިނަ ފަރާތްތައް ހައްޔަރުކޮށްފައިވާ އިރު އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މާލޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، އަމަން ނަގާލައި، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށް ބުނެ އެ ޕާޓީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހައްޔަރު ކުރަމުންގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ. އެފަދަ ކަންކަން ރާވާ ކަމަށް ބުނެ އެއްވެސް ހެއްކެއް ނެތި،ވާހަކަދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 މާރޗް 2018 | އަންގާރަ 20:57
Hg
IBoo dhn mahakahvx nudheveyne oveythithaanga yaamin ge bas naahanyaa dhaanjeheyny jalah