ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 13:51
ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެެރެއިން
ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެެރެއިން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ބިލް މަޖިލީހުން ފާސްކޮށްފި
ގޮނޑިގެއްލޭ ބިލް ފާސްކުރީ 36 ވޯޓުން
ފަނޑިޔާރުންގެ ބިލް ފާސްކުރީ 38 ވޯޓު
ޕީޕީއެމް ބައެއް މެމްބަރުން ވޯޓެއް ނުދެއްވާ

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަސްކަރިއްޔާއިން ސުޕްރީމް ކޯޓް ހިސޯރުކުރުމަށް ފަހު، އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެ ދެ ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މަގުސަދުގައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް އިސްލާހަކާއެކު ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ.

މި ދެ ވޯޓަކީ ގައުމަށްޓަކައި މިނިވަންކަމަށްޓަކައި، މާދަމާއަށްޓަކައި، އަދި ރައީސް ޔާމީން ކުރައްވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ވޯޓެއް ކަމަށް، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފުގެ މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ބިލް ފާސްކޮށްފައިވަނީ މިހާރު ގޮނޑި ގެއްލިފައިވާ ކަމަށް، ގަދަބާރުން ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ގަބޫލުކުރައްވާ 12 މެމްބަރުންގެ ގޮނޑި ގެއްލިގެންދާ ގޮތަށެވެ.

މިއީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ގިނަ މެމްބަރުން ވިދާޅުވަމުން ދިޔަ މި ދެ ބިލަށް ވޯޓަށް އެހުމުގެ ރަނގަބީލް ޖެހުމަށް ފަހު، ވޯޓް ނެގުން ދިގު ދެންމި އެވެ. ބަހަނާއެއްގެ ގޮތުގައި ރިޔާސަތުން ވިދާޅުވީ "ޓެކްނިކަލް މައްސަލައެއް" ދިމާވި ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް