ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 13:07
ޕީޕީއެމްގެ ބައެއް މެމްބަރުނާއި  ވަޒީރުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި
ޕީޕީއެމްގެ ބައެއް މެމްބަރުނާއި ވަޒީރުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި
މުހައްމަދު ޝަރުހާން
ނުހައްގު މުއްސަނދިކަން
ނުހައްގު މުއްސަނދިކަން ކުށަކަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު އަދިވެސް ބަންޑާރަ ނައިބު މޭޒުކޮޅުމަތީގައި!
ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވުމުގެ ބާރު އޭސީސީއަށް ދޭންޖެހޭނެ ކަަމަށް އޮޑިޓަ ޖެނެރަލް ވެސް ވަނީ ގޮވާލައްވާފައި

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ހިޔާނާތުގެ ތުހްމަތު ކުރަމުން ދާއިރު، ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން، ހުށަހެޅި ހުށަހެޅުން ބަންޑާރަ ނައިބުގެ މޭޒުކޮޅުގައި އޮންނަތާ ތިން އަހަރުވެއްޖެ އެވެ.

އޭސީސީން މި އިސްލާހު ހުށަހަޅުއްވީ އާ ގާނޫނުލް އުގޫބާތު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔައިރު، 2015 ވަނަ އަހަރު ކުރީކޮޅުގަ އެވެ. ނަމަވެސް ގާނޫނުލް އުގޫބާތު ފާސްކުރީ އެ އިސްލާހު ނުހިމަނަ އެވެ.

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭތީވެ، އެކަމުގެ ކަންބޮޑުވުން އޭސީސީން ވަރަށް ބޮޑަށް ހާމަކުރައްވާފައިވެ އެވެ.

ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވުމުގެ ބާރު އޭސީސީއަށް ދޭންޖެހޭނެ ކަަމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވެސް ގޮވާލެއްވި އެވެ.

މިދިޔަ އަހަރުގެ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން އޭސީސީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޒިޔަތު ވިދާޅުވީ އެ މީހެއްގެ މަގާމާއި އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހުއްޓުވުމަށް، ފައިސާ ހޯދި ގޮތް ބަޔާންކޮށްދޭން ގާނޫނީ ގޮތުން މަޖުބޫރުކުރުވަން ޖެހޭ ކަމަށެވެ. އެއާ އެކު، އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ވެސް މުއައްސަސާތަކުން ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ނުހައްގު މުއްސަނދި ކަމެއްގެ ގޮތުގައި ބަލަނީ އެމީހަކަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާއަށް ލިބޭ އާމްދަނީއަށް ވުރެ ތިމާގެ އަތުގައި ހުންނަ މިލްކިއްޔާތު ބޮޑުވުމުންނެވެ. އަދި އެއީ އެމީހެއްގެ މަސައްކަތުން ހޯދި ތަކެތި ކަން ސާބިތުކޮށް ނުދެވިއްޖެނަމަ އެ މުދާ ދައުލަތަށް ނެގުމާއެކު އެމީހަކު ކުށްވެރިވެ އެވެ.

ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ގަދަބާރުން ވެރިކަން ހިފަހައްޓަވަމުން ގެންދަވާ ޔާމީން އަބްދުލް ގައްޔޫމް އުޅުއްވަމުން ގެންދަވާ ހާލު އެނގިވަޑައިގަންނަވާތީ ބައެއް ފަރާތްތަކުން "އެހީތެރިވާ" ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވެ އެވެ. އަދި އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ ކަމަށް ތުހްމަތު ކުރެވޭއިރު އެ މައްސަލަ ވެސް ނުބެލެ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާލެއިން ފްލެޓާއި ގޯތިތައް ގަންނަމުންދާއިރު ވެސް އެއީ ހައްގު ފައިސާއިން ހޯދާ މުދާތޯ މުއައްސަސާތަކުން ނުބަލަ އެވެ.

އެންޓި ޑިފެކްޝަންގެ ބިލް ފާސްކުރަނީ މެމްބަރުންގެ ނަޒާހަތްތެރިކަން އިތުރުކުރަން ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ އިސް ބައެއް މެމްބަރުން ވިދާޅުވެފައިވާއިރު، ނުހައްގު މުއްސަނދިކަން ހޯދި ގޮތް ބެލުމުގެ ބާރު އޭސީސީއަށް ދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލާއި ޕީޕީއެމްގެ މެމްބަރުން ވެސް މަސައްކަތް ކުރައްވާފައެއް ނެތެވެ. އޭރުން "ތި ފްލެޓްތަކާއި ވިޔަފާރި ލިބުނު ގޮތް އެނގޭނެ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 މާރޗް 2018 | އަންގާރަ 16:03
ޔަގު
ހުސްވަގުން... ވައްކަން މިފެށެނީ އެންމެމަތިން. ކިހާހިތާމަ ހުރިކަމެއް.
13 މާރޗް 2018 | އަންގާރަ 15:27
އަނހާތަކުރާ
ގެގަނޑު ކޮޅަށް ޖަހަން ބޭނުމިއްޔާ ބޭނުންވާ އަދަދުގެ 30% ހޯދުނު ގޮތަކަށް ހޯދަން ޖެހުނީމާ ތިކަހަލަ ވާހަކަ ދެން ދައްކާނެ ޖާގަޔެއް ނެެތް ދެއްތޯއެވެ!!!!! އާންމު ރައްޔިތަކަސް ތަނަވަސް ކަމެއް ފެންނާނެ މަގެއް ހުޅުވާފާ ތިވާހަކަ ދައްކަ ބަލާށެވެ. ރިސޯޓުތައް 99 އަހަރަށް ދީފިއެވެ. ދެން ހުރި ރައްތައް ވިއްކާލީއެވެ.. އަދި އެވަރުން ނުވެގެން ޕެންސަން ލާރިވެސް ކޮލެޓަރަލް ކުރެވެނީ މުއްސަނދި ކޮންޓްރެކަޓަރުން ހަދާފައި ވިއްކާ ފުލެޓު ގަންނަން އެކަންޏެވެ. އެވެސް މުއްސަނދިން މުއްސަނދި ކުރާށެވެ. މިރާއްޖެ މިހާރު މިދަނީ ކޮމިޔުނިސްޓުން ނިދިން ހޭލާދުވަހާ ދިމާލަށެވެ. މީވަރަށް ގިނަ ވާހަކައެވެ.