ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 12:46
ރިޔާޒާއި އަބްދުﷲ ޝާހިދު ހައްޔަރަށް ގެންދަނީ
ރިޔާޒާއި އަބްދުﷲ ޝާހިދު ހައްޔަރަށް ގެންދަނީ
ޙުސައިން ޙަސަން
އަބްދުﷲ ރިޔާޒު
ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ރިޔާޒަށް
ރިޔާޒަށް ސުވާލު ކުރީ ހައްޔަރުކުރިތާ 12 ދުވަސްފަހުން

މަގުތަކަށް މީހުން އެއްކޮށް، އެކަމުގައި އިސްކޮށް ހަރަކާތްތެރިވެ، ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު، ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކޮށްފި އެވެ.

ފުލުހުން ރިޔާޒުގެ މައްޗަށް ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލުކޮށްފައި ވަނީ އޭނާ ބަންދުކޮށްފައި ބަހައްޓާފައިވާތާ 12 ދުވަސް ފަހުންނެވެ. އޭނާގެ ގާނޫނީ ވަކީލު ނޫރުލްސަލާމް ވިދާޅުވީ ރިޔާޒު މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ރިޔާޒާ ހަވާލާ ދެއްވައި ނޫރުލް ސަލާމަށް ވިދާޅުވީ ރައީސް ޔާމީން ޣައިރު ގާނޫނޫ އަމަލުތަކާ ދެކޮޅަށް ބައިވެރިވުމަކީ ގާނޫނުއަސާސީ ލިބިދޭ، ހައްގެއް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތަސް، 10:30 ހަމައަށް މުޒާހަރާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ރިޔާޒު ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. ހައްޔަރު ކޮށްފައިވާތާ 12 ދުވަސް ފަހުން އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިއިރު، އޭނާއާއެކު އެ ދުވަހު މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ހައްޔަރުކުރިއެވެ. ޝާހިދުގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް