ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 12:08
ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން
ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ސަރުކާރު ކޯލިޝަން
ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް މަޖިލީހުގައި ކުރިއަށް އެބަދޭ!
އެ ދެ ބިލް ބަލައިގަންނަން ވޯޓަށް އެހިއިރު މެމްބަރުންނާ މަޝްވަރާ ކުރައްވާފައެއް ނުވޭ
އެ ދެ ބިލް މަޖިލީހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު
އެ ދެ ބިލް ކޮމެޓީން ދިރާސާ ކުރީ އިއްޔެ، ވޯޓު ނެގުން މިއަދު

ސަރުކާރު ކޯލިޝަން ޕީޕީއެމް-އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ކުރިއަށް އެބަދެ އެވެ.

އެނގިފައިވާ ގޮތުގައި މިބައްދަލުވުމަކީ މިއަދު 13:00ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުމަށް ހަމަޖެހިފައިވާ ދެ ވޯޓަކާއި ގުޅިގެން ތްރީލައިން ވިޕް ނެރުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ. 

މަޖިލީހުގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގައި ހިމެނޭ ދެތިން މެމްބަރަކަށް ލިބިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. 

ހޯމަ ދުވަހުގެ ޖަލްސާގައި އެބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ދެކޮޅުކަން ހާމަ ކުރައްވާފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް