ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 11:50
ހައިކޯޓު
ހައިކޯޓު
މުހައްމަދު ޝަރުހާން
ހައިކޯޓުގެ ރަޖިސްޓްރާ
ހައިކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް ޚޫރުޝީދާ ހަމަޖައްސަވައިފި
ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން އަލީ

ހައިކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް މަރިޔަމް ޚޫރުޝީދާ ހަމަޖައްސަވައިފިއެވެ. 

ޚޫރުޝީދާ 2011 ވަނަ އަހަރުން ފެށިގެން ހުންނެވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރކަމުގެ މަގާމުގައެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން އަލީއެވެ. ހަސަން އަލީ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުން ވަކިކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން ވަކި ކުރުމުން ޚޫރުޝީދާއަށް އެމަގާމު ހަމަޖެއްސުމާއި ހަމައަށް ހައި ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރަމުން ދިޔައީ އެކޯޓުގެ އެހެން މުވައްޒަފެކެވެ.

އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 28،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ. 

ރަޖިސްޓްރާއަކީ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، ކޯޓުގައި ދެން އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ. ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ ކޯޓަށް އިހްތިސާސް އޮތް މައްސަލަތަކެއްތޯ ބަލައި، މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރީ ކުރުން ފަދަ ކަންކަމަކީ ރަޖިސްޓްރާގެ ބެލުމުގެ ދަށުން ހިނގާ ކަންކަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް