ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 10:59
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިއަދު ފާސްކުރަނީ!
އެ ދެ ބިލް މަޖިލީހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު
ދެ ބިލަށް ބަހުސް ކުރީ އިއްޔެ
އެ ދެ ބިލް ކޮމެޓީން ދިރާސާ ކުރީ އިއްޔެ، ވޯޓު ނެގުން މިއަދު

މަޖިލީހުގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރުސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގައި ހިމެނޭ ދެތިން މެމްބަރަކަށް ލިބިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ. 

ދިވެހި ދައުލަތް އެކުލެވިގެން ވަނީ ތިންބާރުގެ މައްޗަށް ކަމަށާއި، އެގޮތުން ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، އެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގެ ދެ ތިން މެމްބަރުންނަށް ލިބިދޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން އެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވި، ހައްޔަރު ކުރެވޭ ހިސާބުން ފަޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑު ކުރުމާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅަފައިވާ އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އެދެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. މިހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލަށް ބަހުސް ކޮށްފައިވާއިރު، އެ ބިލް މަޖިލީޙުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން ދިރާސާ ކުރައްވާފައި ވަނީ ވެސް ހޯމަ ދުވަހު އެވެ. 

އަންގާރަ ދުވަހުގެ ޖަލްސާގައި ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގެ އެޖެންޑާގެ ދަށުން އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެ ދެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް ފަހު، ވޯޓަށް އެހުން ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފަށާގަޑިއަކީ 13:00 އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 މާރޗް 2018 | އަންގާރަ 06:43
އަހްމަދު
ދެން ބާރަށް އަތްޖަހާ
13 މާރޗް 2018 | އަންގާރަ 06:12
ހުސޭނު
ބުނާހިތެއް ނުވެ އެކަމު ބުނެލަންޖެހޭތީ ބުނެލަނީ.. ކަނޑައެޅިގެން ޣައިރު ޤާނޫނީ ކޮށް ހިނގަމުންދާ މަޖިލީހެއްގައި ކުރާ ބާތިލް ކަންކަން އާދައިގެ މަތިން ހިނގާ މަޖިލީހެކޭ އެއްފަދައިން ޚަބަރުތަކުގައި ގެނެސްދޭ ގެނެސް ދިނުމަކީ އެފަދަ ކަންކަން ކުރާ މީހުނަށް ލިބިގެންދާ ހިތްވަރެއް. ބާތިލަކީ ބާތިލް. ބާތިލް ކަމެއްގެ ޚަބަރު ގެނެސްދޭއިރު ރައީސް ނަޝީދު ވަގުތުކުދިން ކައިރީ ބުނިހެން މިސާލަކަށް ' "1 ފެބްރުއަރީގެ އަމުރާ ޚިލާފަށް ހިނގަމުންދާ މަޖިލީހުން ފަނޑިޔާރުންގެ ޤާނޫނަށް..... މިހެން