ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 04:25
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް
އަޒުމޫން އަހުމަދު
ކުއްލި ނުރައްކަލުގެ ހާލަތު
ނަދީމް ޖަލުގައި 35 ދުވަސް، އެންމެ ސުވާލެއް ވެސް ނުކުރޭ!
ހައްޔަރުކުރީ ހެކި ހުރިކަމަށްބުނެ
ސާފު ބޯފެން ނުލިބުމުގެ ކަންބޮޑުވުން އެބަހުރި
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސްވީ އިރު އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ޤާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގަ އެވެ. ނަދީމްގެ މައްޗަށް ތުހްމަތު ކުރަނީ ގާނޫނާ ހިލާފަށް ބަޔަކު ރާވައިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާދީ އަދި އިތުރު މެމްބަރުން ތަކަކަށް ފައިސާ ދޭން އުޅުނުކަމުގެ ތުހްމަތެއެވެ.

އޭނާ ހައްޔަރުކޮށްފައިވާ ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ އޭނާގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައާ ގުޅުގެން އޭނާ މުޖުތަމައުއަށް ދޫކޮށްލާފައި ބެހެއްޓުމަކީ ފުލުހުން ތަހްގީގު ކުރާ މައްސަލައަށް ބޮޑެތި ހުރަސްތަކެއް އެޅި އެކަން ކަމާ ގުޅޭ ގޮތުން ހުރި ހެކި ފޮރުވައި، ހެކި ބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި އެ ހެކި ނައްތާލަން ތަނަވަސްވާނެ ކަމަކަށް ފެންނާތީ ކަމަށެވެ.

ނަދީމް ދޫނިދޫގައި ބަހައްޓާފައިވާ ގޮޅީގައި ސާފު ބޯފެން ލިބެމުން ނުދާތީ އޭނާގެ ސިއްހީ ހާލު ރަނގަޅު ނޫން ކަމަށް ވެސް އޭނާގެ ގާނޫނީ ވަކީލު ސިރާޖު ވަނީ ވިދާޅުވެފަ އެވެ. އަދި ނަދީމްއާ ސުވާލެއް ނުކޮށް ބަހައްޓަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ސިރާޖު ވިދާޅުވި އެވެ. އަދި ނަދީމްގެ ބަންދަށް ލުޔެއް ހޯދަދިނުމަށް ޕީޖީ މަސައްކަތް ކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް