ކ. މާލެ
|
12 މާރޗް 2018 | ހޯމަ 22:19
ރައީސް ނަޝީދު: ކަންކަން ކުރައްވާނީ ޕާޓީތަކުން އެދޭގޮތައް
ރައީސް ނަޝީދު: ކަންކަން ކުރައްވާނީ ޕާޓީތަކުން އެދޭގޮތައް
ގޫގުލް
ރައީސް ނަޝީދު
އެމްޑީޕީންވެސް، އަޅުގަނޑުވެސް ދައްކާނީ ގުޅިފައިވާ ޕާޓީތަކުން އެދޭ ވާހަކަތައް: ރައީސް ނަޝީދު
ކަންކަން ހިންގަނީ އިއްތިހާދުގެ ޕާޓީތަކާ މަޝްވަރާކޮށް ހުރިހާ ޕާޓީތައް އެދޭ މިންވަރަށް
ކުރިއަށް އޮތްތަނުގައިވެސް އެކަން ހިނގާނީ އެހެން
ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އޮތީ ބަދަހި ގުޅުމެއް

އެމްޑީޕީންވެސް, އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ދައްކަވާ ވާހަކަފުޅުތަކަކީ، އަދި ކުރައްވާ ކަންތައްތަކަކީވެސް ގުޅިފައިވާ ޕާޓީތަކުން އެދޭ މިންވަރަށް ކުރައްވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރާ ރައީސް ނަޝީދާއެކު ސިއްރުން ވާހަކަތަކެއް ދެއްކެވިކަމަށް ސަރުކާރުގެ ފަރާތުން ޕާޓީ ޓޯކްސްގެ އިސް ވެރިއެއްގެ ގޮތުގައި ހަރަކާތްވާ ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "އެމްޑީޕީ އެހެން ޕާޓީތަކާއެކު އިއްތިހާދުވިފަހުން އެމްޑީޕީވެސް އަދި އަޅުގަނޑުވެސް ދައްކާ ވާހަކަވެސް އަދި ހިންގާ ކަންކަންވެސް ހިންގަނީ އިއްތިހާދުގެ ޕާޓީތަކާ މަޝްވަރާކޮށް ހުރިހާ ޕާޓީތައް އެދޭ މިންވަރަށް އަދި އެދޭ ގޮތަށް" ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ކަން ހިނގާނީ އެގޮތައް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވެސް ވިދާޅުވީ ޕާޓީތަކުގެ ކޮންމެ ލީޑަރަކުވެސް ކަމެއް ކުރައްވާނީ އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްފަހު އެޕާޓީތަކުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ޕާޓީތަކަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއަކީވެސް އަދި ލިބޭ ކާމިޔާބީއަކީވެސް އެގޮތުގައި ދެމިތިބުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް