ކ. މާލެ
|
12 މާރޗް 2018 | ހޯމަ 22:22
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
މުހައްމާ މާދަމާ ފުލުހަށް ހާޒިރުކުރަނީ
ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 14:00 އަކަށް
ފުލުހުން ވަނީ މާރޗް 11 ވަނަ ދުވަހު މުހަންމާގެ ފޯނު ހިފަހައްޓާފައި

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ދައުލަތުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ހުށައެޅި ކަމުގެ މައްސަލައަކާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ (މުހައްމާ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މުހައްމާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައެވެ.  

މުހައްމާއަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އެނާ ފުލުހަށް ހާޒިރު ކުރަނީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތުދީގެން އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް އެކި ގޮތްގޮތުން ނުފޫޒް ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން މާރޗް 11 ވަނަ ދުވަހު މުހައްމާގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް