ކ. މާލެ
|
12 މާރޗް 2018 | ހޯމަ 19:31
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް: މި ނިމެނީ، މި ނިމެނީ، މި ނިމެނީ!
ލޯންޗަށް އެރުވުމުން، އެއްވެފައިވާ ތިބި ސަޕޯޓަރުންނާއި މުޚާތަބު ކުރެއްވި
ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި ބަންދުކޮށްފައި
ފާރިސް ރިޝްވަތު ނުދެއްވާ ކަމަށް ސިއްރު ހެކިވެރިޔާ ވަނީ ބުނެފަ

އިސްލާހަށް ކުރަމުންދާ މަސައްކަތް "ގަދަކޮށް ހިފަހައްޓާލުމަށް" ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

ފާރިސް މިފަދައިން ގޮވައިލެއްވީ، އޭނާގެ މައްޗަށް ހިންގަމުންދާ ރިޝްވަތުގެ ދައުވާގެ ޝަރީއަތަށް ފަހު ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އެރުވުމުން، ދެ ނަމްބަރު ފާލަން ސަރަހައްދުގައި ތިބި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުންނެވެ.

ފާރިސް ގޮވާލެއްވީ "ގަދަކޮށް ހިފަހައްޓާލުމަށެވެ." އަދި އެއަށްފަހު "މި ނިމެނީ، މި ނިމެނީ، މި ނިމެނީ" ކަމުގައި ވިދާޅުވިއެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. 

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ހުށަހެޅި ގަރާރުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެހެން ނަމަވެސް، ސިއްރު ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ހާޒިރުވެވަޑަިއގެން ހެކިބަަސް ދެއްވަމުން، އެ މެންބަރު ވިދާޅުވީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށެވެ.

މި ދައުވާގެ އިތުރުން ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް، އެ ދައުވާގެ ޝަރީއަތް ވެސް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް