ކ. މާލެ
|
12 މާރޗް 2018 | ހޯމަ 17:11
މަތިންދާބޯޓުގައި އަލިފާން ރޯވެފައި
މަތިންދާބޯޓުގައި އަލިފާން ރޯވެފައި
އޭޕީ
ނޭޕާލް މަތިންދާބޯޓު އެކްސިޑެން
ކަތަމަންޑޫގައި ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި މީހާއަށް ފަރުވާ ދެނީ!
71 މީހަކު ދަތުރުކުރި
38 މީހަކު މިހާތަނަށް މަރުވިކަން ކަށަވަރުވޭ
އެކްސިޑެންޓްވީ ބަންގްލަދޭޝްގެ މަތިންދާބޯޓެއް

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އެއަރޕޯޓުގެ ރަންވޭމަތިން ކައްސާލައިގެން އެކްސިޑެންޓްވި މަތިންދާބޯޓުގައި ދިވެއްސަކު އިންކަމަށާއި، އޭނާއަށް ފަރުވާ ދެމުންދާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޚާރިޖިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި އޭނާގެ ޙާލު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ ދިވެހި އެމްބަސީއިންނާއި ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ދިވެހި އެމްބަސީއިން ކަތަމަންޑޫގައި ހުންނަ އޮނަރަރީ ކޮންސުލް މެދުވެރިކޮށް ބަލަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ. 

ކަތަމަންޑޫގައި މިއަދު އެކްސިޑެންޓްވީ ބަންގްލަދޭޝްގެ އެއަރލައިނެއްކަމަށްވާ ޔޫއެސް-ބަންގްލާ އެއަރލައިންސްގެ މަތިންދާބޯޓެކެވެ. 

މިމަތިންދާބޯޓުން 67 ފަސިންޖަރުންނާއި 4 ފަޅުވެރިން ދަތުކުރިއެވެ. އެކްސިޑެންޓްވެ، މަތިންދާބޯޓުގައި އަލިފާންރޯވުމުގެ ސަބަބުން 38 މީހަކު މަރުވިކަން ކަށަވަރުވާކަމަށް އޮފިޝަލުން ބުނެއެވެ.

އިތުރު ތަފްޞީލް އަންނަނީ..

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 މާރޗް 2018 | ހޯމަ 13:41
ހޭހުސްވެދާނެ ފޮރިން
ފޮރިން މިނިސްޓްރީން ބުނީ މި ހާދިސާއާ ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މީހަކު ހޭހުސްވެދާނެ ފޮރިން މިނިސްޓްރީގެ ކުޅަދާނަކަމާމެދު!