ކ. މާލެ
|
12 މާރޗް 2018 | ހޯމަ 16:48
ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭއިން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން
ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭއިން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން
ސިމާހާ ނަސީމް
އޭޑީކޭ ހޮސްޕިޓަލް
ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭ އިން ފާހަގަކުރަނީ
މި ވީކް ކުރިއަށް ދާނީ މާރޗް 17 ވަނަ ދުވަހާ ހަމައަށް

ބަލިމީހުންގެ ރައްކާތެރި ކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭއިން ފާހަގަކުރަން ފަށައިފިއެވެ.

އޭޑީކޭއިން ބުނީ މި ހަފުތާ ފާހަގަކުރަން ފަށާފައި ވަނީ މާރޗް 11 ވަނަ ދުވަހު ކަމަށާއި މި ހަފުތާގެ ހަރަކާތްތައް ހިމޭނީ މާޗް 17 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. މި އެވެއާނަސް ވީކް ހެނދުނު 10 އަކުން މެންދުރު 12 އަށް އަދި މެންދުރު 2 އަކުން ހަވީރު 4 އަކަށް ކުރިއަށްދާނެއެވެ.

އޭޑީކޭގެ ޑިރެކްޓަރ އޮފް ނަރސިންގް މަރިޔަމް ނަޝްރަތް ވިދާޅުވީ މި އެވެއާނަސް ވީކް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭޑީކޭ އިން ކުރަމުންގެންދާ މަސައްކަތްތައް އޭޑީކޭގެ މުވައްޒަފުންނާއި އާންމުންނާއި ހިއްސާ ކުރުން ކަމަށެވެ. މި އެވެއާނަސް ވީކް މެދުވެރިކޮށް އާންމުންނާއި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ސުވާލުތަކެއް ކުރެވިގެންދާނެ ކަމަށްވެސް ނަޝްރަތް ވިދާޅުވިއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ތެރޭގައި ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަށަވަރުކޮށްދިނުމުގެ ގޮތުން ޕްލެޖެއް ވެސް ތައާރަފުކުރެވިފައިވާ ކަމަށް އޭޑީކޭ އިން މައުލޫމާތުދެއެވެ. މުވައްޒަފުން ސޮއި ކުރުމަށްފަހު ހަރުކުރެވިފައިވާ ޕްލެޖްގައި ސޮއިކުރި ކަރުދާސް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޓުވިޓަރ މެދުވެރިކޮށްވެސް އާންމުން ހޭލުންތެރި ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރާނެ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ.

ހުރިހާ ފަރާތްތަކުންވެސް މި އެވެއާނަސް ވީކްގައި ބައިވެރިވުމަށް އޭޑީކޭ އިން ވަނީ އެދިފައެވެ.

ޕެއިޝަންޓް ސޭފްޓީ އެންޑް އެވެއާނަސް ވީކް އަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ފާހަގަކުރާ ވީކް އެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް