ކ. މާލެ
|
12 މާރޗް 2018 | ހޯމަ 14:26
ދިޔާނާ ސައީދު
ދިޔާނާ ސައީދު
ރައީސް އޮފީސް
ދިޔާނާ ސައީދު
ޝައިނީ ދެއްކި ވާހަކައިން އެނގެނީ މަޝްވަރާއެއް ނުހިނގާކަން: ދިޔާނާ ސައީދު
ދިޔާނާ ވިދާޅުވީ ގޮތް ހުސްވެ ކޮޅުބެދި ހަދާނެ ހުރިހާ ގޮތެއް ހުސްވީމަ ހޮޅި ވާހަކަ ދައްކަނީކަމަށް

ފިޝަރީސް މިނިސްޓަރ އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ޗެއަރމަން ޑރ މުހައްމަދު ޝައިނީ ދެއްކެވި ވާހަކައިން އެނގެނީ މަޝްވަރާއެއް ނުހިނގާކަން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއެކު އެއްވެސް ސިއްރު މަޝްވަރާއެއް ކުރެވިއްޖެނަމަ އޭގެ ކޮންފިޑެންޝިއަލިޓީ އެ ސަރުކާރަކުން ހިފަހައްޓަންޖެހޭނެ ކަމަށާއި މި ބާވަތުގެ ވާހަކައިން އެނގެނީ މަޝްވަރާއެއް ނުހިންގާކަން ކަމަށެވެ. އެހެން ނޫނީ ގޮތް ހުސްވެ ކޮޅުބެދި ހަދާނެ ހުރިހާ ގޮތެއް ހުސްވީމަ ހޮޅި ވާހަކަ ދައްކަނީކަމަށް ދިޔާނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންޕްރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި، އދ އިން ބައިވެރިނުކުރާނެކަން މީގެ ކުރިން ހާމަކޮށްފައި ނުވާނެ ކަމަށާއި މަޝްވަރާތައް އދ އާއި އެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޝަރުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތަކެއް ކުރުމަށް ގޮވާލާފައިވާ އިރު ސަރުކާރަށް ބާރު ނުފޯރުވޭ ކަންކަން ޝަރުތުތަކެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެކަންކަން ނުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ސަރުކާރަށް ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް