ކ. މާލެ
|
12 މާރޗް 2018 | ހޯމަ 13:29
ށ. ބިލަތްފަހީގައި ނަގާފައިވާ އެމްޑީޕީގެ ބޮޑު ދިދަ
ށ. ބިލަތްފަހީގައި ނަގާފައިވާ އެމްޑީޕީގެ ބޮޑު ދިދަ
ޓްވިޓަރ
ށ. ބިލަތްފަހި-އެމްޑީޕީ
ބިލަތްފަހީގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ގޮސް ތިރި ކޮށްފި
ރަށްރަށުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

ށ. ބިލަތްފަހީގައި އެމްޑީޕީން ނަގާފައިވާ ބޮޑު ދިދަ ފުލުހުން ގޮސް ތިރި ކޮށްފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބިލަތްފަހި ކައުންސިލް މެމްބަރު އަހުމަދު ނާފިޒް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެރަށަށް ފުލުހުން އައިސް އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ މަސައްކަތް އާދިއްތަ ދުވަހުގެ މެންދުރު ކުރަންފެށި ކަމަށެވެ. 

އޭނާ ވިދާޅުވީ އެ ދިދަ ނަގާފައިވަނީ އެ ރަށު ވަލުތެރޭގައި ރަތްނިކަ ގަހެއްގެ އެންމެ އުހަށް ކަމަށެވެ. 

ސޯސަލް މީޑިއާގައި ފެތުރެމުުންދާ ފޮޓޯތަކުން އެނގޭ ގޮތުގައި ފުލުހުންގެ ބަޔަކުވަނީ އެސަރަހައްދަށް ގޮސް ގަސްތަކަށް އަރައި އެ ދިދަ ތިރިކުރުމ،ުގެ މަސައްކަތް ކޮށްފައެވެ. 

ނާފިޒު ވިދާޅުވީ އެދިދަ ނެގީ މިދިއަ ހުކުރު ދުވަހު ކަމަށެވެ.

ފުލުހުން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ނަގާފައިވާ އެެމްޑީޕީގެ ބޮޑު ދިދަތައް ތިރިކުރަމުންނެވެ. އެގޮތުން އއ. އުކުޅަހާއި ހދ. ކުޅުދުއްފުއްޓާއި ށ. ކަނޑިތީމާއި އަދި ނ. މަނަދޫގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ގޮސް ތިރިކޮށްފައިވާއިރު، ގދ. ތިނަދޫގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރަން ވަނީ އަންގާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް