ކ. މާލެ
|
12 މާރޗް 2018 | ހޯމަ 12:21
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމް
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމް
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ޝަހީމްގެ އޮޕަރޭޝަން ކުރުމަށް ފުލުހުން ހުރަސް އަޅައިފި
ޝަހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު
ހައްޔަރު ކުރި ވަގުތު ފަޔަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ފުލުހުންގެ ބަންދުގައި ހުރި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމްގެ ކަކުލަށް ލިބުނު ގެއްލުމުގެ ސަބަބުން ކުރަން ޖެހޭ އޮޕަރޭޝަން  ކުރުން ފުލުހުން ހުއްޓުވައިފި އެވެ.

ޝަހީމުގެ އަނބިކަނބަލުން މިނާމް މުހައްމަދު ވިދާޅުވީ އޮޕަރޭޝަން ކުރުމަށް ޑޮކްޓަރަށް ދެއްކުމަށް އަންގާފައިވާ ކަމަށާއި އޮޕަރޭޝަން ކުރުމަށް ބޭނުންވާ ހުރިހާ ޓެސްޓްތަކެއްވެސް ހަދާ ނިމިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރަށް އެޕޮއިންޓްމެންޓްވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުއްލިއަކަށް ފުލުހުންގެ ފަރާތުން އޭނާއަށް ގުޅާ ޝަހީމްގެ އެޕޮއިންޓްމެންޓް ކެންސަލް ކުރުމަށް އަންގާފައިވާ ކަމަށާއި މިއަދު ހަވީރު ޝަހީމް ޑޮކްޓަރަށް ދެއްކުމަށް ގެނެވެން ނެތް ވާހަކަ ވެސް ހާމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނާމް ވިދާޅުވީ، ފުލުހުން އަންގާފައިވާ ގޮތުގައި މިއަދު އޮޕަރޭޝަން ކުރަން އެޑްމިޓް ކުރާތީ އެކަމާ ގުޅިގެން އިސްވެރިންނާ މަޝްވަރާކުރަންޖެހޭ ކަމަށެވެ. އަދި އެއަށް ފަހު އޮޕަރޭޝަން ކުރުމަށް ގޮތެއް ނިންމާނީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނާމް ވިދާޅުވީ ޝަހީމުގެ ވާތު ފައިގެ ކަކުލުގައި މައްސަލައެއް މީގެ ކުރިން ދިމާވެ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް ޝަހީމަށް ކުރިން ރީތިކޮށް ހިނގޭ ކަމަށާއި ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު ޝަހީމަށް ރަނގަޅަށް ނުހިނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް