ކ. މާލެ
|
12 މާރޗް 2018 | ހޯމަ 11:54
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލް
މުހައްމަދު ޝަރުހާން
ޓްރީ ޓޮޕް ހޮސްޕިޓަލް
އެންމެ ގިނަ ބަޔަކު ފަރުވާ ހޯދުމަށް އަންނަނީ އިންޓަރނަލް މެޑިސިންއާއި ކަށީގެ ބަލިތަކަށް: ޓްރީ ޓޮޕް ހޮސްޕިޓަލް
މި ހޮސްޕިޓަލަށް 110 މިލިއަން ޑޮލަރު ވަނީ ހަރަދު ކުރެވިފައި
ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ވެސް ގިނަ ބަޔަކު އާދޭ
އެ ހޮޕިޓަލް އެންމެ ބޮޑަށް ހާއްސަވަނީ ހިތުގެ ބަލިތަކުގެ ފަރުވާ އަށް

ޓްރީ ޓޮޕް ހުޅުވިފަހުން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދުމަށް އަންނަނީ އިންޓަރނަލް މެޑިސިންއާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލް މާރޗު އެއްވަނަ ދުވަހުން ފެށިގެން ހިދުމަތްތައް ފަށާފައިވާ އިރު އެ ހޮސްޕިޓަލަށް އެންމެ ގިނައިން ފަރުވާ ހޯދުމަށް އައިސްފައިވަނީ އިންޓަރނަލް މެޑިސިން އާއި ކަށީގެ ފަރުވާތައް ހޯދުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.. މީގެ އިތުރުންކަރުން މަތީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް ގިނަ ފަރާތްތަކުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހޮސްޕިޓަލުގެ މަސައްކަތަށް 110 މިލިއަން ޑޮލަރު ހަރަދުވެފައިވެއެވެ.

ފަސް ބުރީގެ އެ ހޮސްޕިޓަލުގައި އެކްސިޑެންޓްތަކާއި އެމަރޖެންސީ ހިދުމަތްތަކަށް ހާއްސަ ޓްރައޭޖެއް ވަނީ ގާއިމް ކޮށްފައެވެ. ރާއްޖޭގައި ފުރަތަމަ ގާއިމްކުރާ ޕްރައިވެޓް ޓަރޝަރީ ހޮސްޕިޓަލުގައި 210 އެނދު ގާއިމް ކުރެވިފައިވާ އިރު އެ ހޮސްޕިޓަލުގެ ހިދުމަތްތަކަކީ މެލޭޝިއާގެ ސިމް ޑާބީ ހެލްތްކެއަރ އާއި އޮސްޓްރެއިލިއަރގެ ރަމްސީ ހެލްތްކެއަރއާ ގުޅިގެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތެކެވެ.

ހޮސްޕިޓަލުގައި 80 އަށް ވުރެ ގިނަ ޑޮކްޓަރުން ހަރަކާތްތެރިވުމަށް ނިންމާފައިވާ އިރު 150 އަށް ވުރެ ނަރުހުން ހަރަކާތްތެރިވެ އެވެ

އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް 750ރ. ހޭދަކުރަންޖެހޭ އިރު ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓް ލިބިގެންދާނެ އެވެ. އެގޮތުން ދިވެހިން ފަރުވާ ހޯދުމަށް ހަރަދު ކުރަންޖެހެނީ 525ރ. އާ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވިފަހުން ގިނަ ބަޔަކު ދަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 މާރޗް 2018 | ހޯމަ 07:35
ލައްކަ ވާހަކަ
ޕޭޝަންޓް ނުދާތީ ތިގޮތަށް ދޮގު ހަދައިގެން އިސްތިހާރު ނުކުރާށެވެ. ދުވާލަކު އެއްފަހަރު މީޑިޔާތަކަށް އަރާ ސުރުހީތަކުން ސާބިތުވެއެވެ.
12 މާރޗް 2018 | ހޯމަ 07:32
އަހުމަދު
ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި މިހާރު ފަރުވާ ދެމުންދާ ކަށީގެ ޑަކްޓަރުންކަމުގައިވާ ޑރ ޝާން މެން ފަދަ ޑަކްޓަރުންނަކީ އެސީޔާގައި ވެސް ނަން ހިގާފަދަ ފެންވަރުގެ ޑަކްޓަރުންނެވެ. އެބޭފުޅުންގެ ޚިދުމަތް ވެސް ރާއްޖޭގެ ރައްޔިތުންނަ އެކަށީގެންވާ ހެޔޮއަގުގައި ލިބެމުންދާއިރު ނަމްބޮޑު އަގު ފަލަ ހޮސްޕިޓަލަށް ދިއުމުގެ ބޭނުމެއް އެބައޮތްތޯ ؟ މޮޅެތި އިސްތިހާރުތަށް ވެސް ކުރެވިދާނެއެވެ. މޮޅު ވާހަކަ ދެއްކިދާނެއެވެ. އެހެން ނަމަވެސް ރައްޔިތުން ފެލާ ކަހަލަ ހޮސްޕިޓަލްއަށް ޚިދުމަތް ހޯދަށް ދިއުމުގެ ބޭނުމެއްނެތެވެ. ރައްޔިތުން ކެއްކޮއްލާށެވެ. އެބޭފުޅުންނަ ޖެހޭނީ ޚިދުމަތުގެ އަގު ކުޑަކޮށް ޕޭސަންޓަކަށް އެކަށީގެންވާ އަގު 250 ރުފިޔާއަށް ތިރިކުރާށެވެ.