ކ. މާލެ
|
12 މާރޗް 2018 | ހޯމަ 10:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަބްދުއްރަހީމް
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މިއަދުން މިއަދަށް ވެސް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަންޖެހޭ: އަބްދުއްރަހީމް
މިއަދު ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުއްވާ ދެއްވާ
ކޮމެޓީން މިއަދު ދިރާސާކޮށް ނިންމައި ދެއްވާ
މަޖިލީހުން މިއަދުން މިއަދަށް ފާސްކޮށް ދެއްވާ

ގާނޫނީ ގޮތުން އުފެދިފައިވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިއަދުން މިއަދަށް ވެސް ފާސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެބިލަށް އަބްދުއްރަހީމް ބަހުސް ކުރައްވަމުން ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކާއި ހުކުމްތަކަށް ތަބާވާންޖެހޭނެ ކަމަށް ވިދާޅުވިއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެކޯޓުގެ ފަނޑިޔާރުން ހިންގާފައިވާ ބަޣާވާތެއް ކަމަށް ވެސް ވިދާޅުވި އެވެ. 

މީގެއިތުރުން ސުޕްރީމް ކޯޓުގެ ތެރެއިން ބަޣާވާތް ހިންގީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށާއި ދެން ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ އިހުލާތެރިކަމާއެކު މަސައްކަތް ކުރައްވާ ފަނޑިޔާރުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް އެގޮތަށް ވިދާޅުވިއިރު، އަބްދުއްރަހީމް އެވިދާޅުވާ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ އަބްދުއްރަހީމް އިހުލާސްތެރިކަމަށް އެ ވިދާޅުވާ ތިން ފަނޑިޔާރުން ވެސް ހިމެނޭގޮތަށެވެ. އަދި އެ ތިން ފަނޑިޔާރުން އެ އަމުރަށް ދެކޮޅު ހެއްދެވިނަމަ އެ ވިދާޅުވާ ބަޣާވާތް ހިންގިކަމަށް ބުނާ އަމުރު ސުޕްރީމް ކޯޓުން ނުނެރެވުނީ ހެވެ. 

އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް މިއަދުން މިއަދަށް ނިންމަންޖެހޭ ކަމަށެވެ. އެގޮތުން ބަހުސް ކުރުންވެސް ކުރުކޮށް، މަޖިލީހަށް ބަލައިގަންނަން ފާސްކޮށް، އެބިލް ކޮމެޓީއަށް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި މިއަދުން މިއަދަށް ވެސް ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، ބިލް ދިރާސާކޮށް ނިންމުމަށް ފަހު، މިއަދުން މިއަދަށް މަޖިލީހުގެ ޖަލްސާއިން މިބިލް ފާސް ކުރުމަށް އެދޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ފަނޑިޔާރުންގެ ގާނޫނަށް އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވަންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ދަށު ކޯޓަކުން ކުރާ ހުކުމެއް ހައި ކޯޓުގައި 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ނިންމުން، 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި އެ ކޯޓުން ވެސް އެ މައްސަލަ ބަލައި ނިންމަޖެހޭނެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އަބްދުއްރަހީމް އިސްލާހު ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެ ދެ ފަނޑިޔާރުން ހައްޔަރު ކޮށްފައިވަނީ އެކެއް ފެބްރުއަރީގައި އެ ދެ ފަނޑިޔާރުން ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ކުރި އަމުރެއް ސަރުކާރުން ތަންފީޒު ކުރަން ބޭނުންނުވެގެން ނެވެ. އޭގެ ފަހުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ސަރުކާރުން ވަނީ ތަފާތު ތުހުމަތުތައް ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 މާރޗް 2018 | ހޯމަ 08:01
ޑިއަރމޫސާ
އެއީ ތެދެއް. ޤާނޫނުހަދަންވާގޮތް އިގޭނީ މޫސައަށް. އެއީ މޫސައަކީ ދުނިޔޭގެ ޤާނޫުނުން ޕީއެއޗްޑީ ހައްދަވައިގެން ހުންނެވި ޢީލްމުވެރިއެއް.
12 މާރޗް 2018 | ހޯމަ 07:15
Mooa
ބާރަށް ފެލުނަސް ތީކާކުކަން ލ އަތޮޅު މީހުންނައްއިގޭ ނުވަތަ ރާއްޖޭގެ ރައްޔިތުން ވަރައްސާފު އިގޭ ޓިނު އަދުރޭ