ކ. މާލެ
|
12 މާރޗް 2018 | ހޯމަ 09:15
އައިޖީއެމްއެޗް: ފަރުވާ ދެމުންދާ ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރު އޮތީ އައިސޮލޭޝަން ބައިގައި
އައިޖީއެމްއެޗް: ފަރުވާ ދެމުންދާ ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރު އޮތީ އައިސޮލޭޝަން ބައިގައި
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ ބައެއް ބޭފުޅުންގެ މައްސަލަ ތަހްގީގުކުރައްވަމުން ގެންދެވީ މި އޮފިސަރު
ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްސަލަ ވެސް ތަހްގީގު ކުރެއްވި
އޮފިސަރުގެ ހާލު ރަނގަޅެއް ނޫން ކަމަށް އާއިލާއިން ބުނި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް ތަހްގީގުކުރަމުން ގެންދަވާ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރެއް ސިކުނޑީގެ މައްސަލައެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗްގެ އައިސޮލޭޝަންގެ ބައިގައި އާދީއްތަ ދުވަހުގެ ރޭ އެޑްމިޓްކޮށް ފަރުވާ ދެމުންދާ ފުލުހުންގެ އޮފިސަރަކީ، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު ކަމަށް ބުނާ މައްސަލަ ވެސް ތަހްގީގު ކުރެއްވި އޮފިސަރެވެ.

އޭނާގެ އާއިލާގެ މެމްބަރަކު ވިދާޅުވި ގޮތުގައި އޭނާއަށް ފަރުވާ ދެމުން ގެންދަނީ ނަފުސާނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ބައިގައި އެޑްމިޓްކޮށްގެންނެވެ.

"ޑޮކްޓަރުން ވިދާޅުވީ މެންޓަލް ޑިސްއޯޑަރ އެކޭ. ތިން ރެއާއި ތިން ދުވަސް ވެއްޖެ ނުނިދިގެން އުޅޭތާ ވެސް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އާއިލާގެ މެމްބަރަކު ބުންޏެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ފުލުހުންގެ އޮފިސަރުގެ ހާލު ރަނގަޅު ނޫން ކަމަށް ވެސް އާއިލާގެ މެމްބަރު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބަހެއް އަދި އައިޖީއެމްއެޗްގެ ބަހެއް ވެސް ނުލިބެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 މާރޗް 2018 | ބުދަ 17:53
ވޯލް
އެމީހަކު ކުރި ކަމެއް އެމީހަކަށް ފެންނާނެ، ފުލުހުންގެ ތެރޭގައި ދެން ތިބި މީހުންވެސް މިކަން ދަނެގަނޭ.
12 މާރޗް 2018 | ހޯމަ 12:18
ތިމަންނަ
ކިހާވަރެއްވީމަތަ ތަމެން އިސްލާހުވަނީ؟
12 މާރޗް 2018 | ހޯމަ 04:45
ކަކެޑާ
ކުރަނީ ބުއްދި ދެއްވި ﷲ ގެ އަމުރުފުޅާއި ދިމާ އިދިކޮޅަށް މީހުންނަށް ލަނޑުދޭ ތަޙްޤީޤްތައް ވިއްޔާ
12 މާރޗް 2018 | ހޯމަ 04:32
ސަލާމް
ފުލުސް މީހާ އަށް އަވަސް ޝިފާއަކަށް އެދެން ، އަދި ހަމަ އެހެންމެ ފިޠުރީ ޤާނޫންތަކާ ޚިލާފައް އޮޅުވާލަެިގެން ވެރިން ވިދާޅުވެގެން ހެކިއުފައްދާގެން ކަންކަން ނުކުރުމަށް އާދޭހާއެކު ދަންނަވަން، އެއީ މޮޅުކަމެއްނޫން