ކ. މާލެ
|
12 މާރޗް 2018 | ހޯމަ 00:16
މުހައްމަދު މޫސާ ރަފީއު، އެމްޑީޕީގެ އެކްޓިވިސްޓްއަކާއެކު
މުހައްމަދު މޫސާ ރަފީއު، އެމްޑީޕީގެ އެކްޓިވިސްޓްއަކާއެކު
ޓްވިޓަރ
ަކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓަކު 24 ދުވަހަށް ފަހު ދޫކޮށްލައިފި
ކުއްލި ހާލަތު އިއުލާނުކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވޭ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓަކު 24 ދުވަހަށް ފަހު ދޫކޮށްލައިފި އެވެ.

ފެބްރުއަރީ 15 ވަނަ ދުވަހު ސިޓްރޮން ކެފޭގައި، އޭނާގެ އަންހެނުންނާއެކު ކާން އިންދައި ހައްޔަރުކުރި ގ. ލައިލަތު، މުހައްމަދު މޫސާ ރަފީއު (މޯޑް) ދޫކޮށްލީ އާދީއްތަ ދުވަހު އެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ މައްޗަށް ތުހްމަތުކުރީ ގާނޫނީ ސަރުކާރު ބަދަލުކުރަން ރޭވުމާއި، ކުށެއް ކުރަން އުޅުމެވެ. މި ހުރިހާ ތުހްމަތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

"ޖަލުގައި މިހާ ގިނަ ދުވަހު ބެހެއްޓިއިރު ސުވާލުކުރީ އެންމެ ފަހަރަކު، ތަހްގީގު އެ ނިމުނީ،" އޭނާ ކިޔަިދިނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފުލުހުންނާއި ސިފައިން ވެސް ހައްޔަރުކުރި އެވެ. އަދި މަޖިލީހުގެ މެމްބަރުން ވެސް ވަނީ ހައްތަރުކޮށްފަ އެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް