ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 18:57
ޢަލީ ހުސައިން ކުނޫޒްގައި ޕްރެސް ކޮނަފަރެންސް ދެއްވަނީ
ޢަލީ ހުސައިން ކުނޫޒްގައި ޕްރެސް ކޮނަފަރެންސް ދެއްވަނީ
އަހުމަދު މުހުސިނު
ގުޅިފައިވާ އިދކޮޅު ޕާޓީތައް
ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ނިމިއްޖެ، އެންމެން ދޫކޮށްލަން އަމުރުކުރަން ޖެހޭ: ގުޅިފައިވާ ޕާޓީތައް
ޕީޖީ ފުލުހުންނަށް އަމުރު ކުރެއްވުމަކީ އެކަމަނާގެ ގާނޫނީ މަސްއޫލިޔަތެއް
ޕާޓީތައް އުވާލުމަކީ ހައްލެއް ނޫން.
ސަރުކާރު ދަނީ ވެއްޓެން. އިލެކްޝަނުން ޕާޓީތައް އުވައެއް ނުލާނެ

ޣައިރު ޤާނޫނީ ގޮތުން ގެނެސްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުވެސް މިހާރު ނިމިއްޖެ ކަމަށާއި އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް އަމުރުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މިއަދު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތެއް މިހާރު ނެތް ކަމަށާއި މިހާރު މިވަނީ ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ މުއްދަތުވެސް ހަމަވެފައި ކަމަށެވެ.

"އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އުވިފައިވާކަން ޕީޖީ ފުލުހުންނަށް އަންގަވަންޖެހޭ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ޕީޖީ ފުލުހުންނަށް އަމުރު ކުރެއްވުމަކީ އެކަމާނާގެ ގާނޫނީ މަސްއޫލިޔަތެއް. ޕީޖީ އަންގާ ގޮތެއްގެ މަތިން ފުލުހުން އަމަލު ކުރަން ޖެހޭނެ." އަލީ ހުސެއިން ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތައް އުވާލުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ގޮވާލެއްވި ގޮވާލެއްވުމަށް ޢަލީ ހުސައިން ވަނީ ރައްދު ދެއްވާފައެވެ.

އަލީ ހުސެއިން ވިދާޅުވީ އަބުދުއްރަހީމަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިވާ ކަމަށާއި، އިދިކޮޅު ޕާޓީތަކަށް ފައިސާ ދެނީ އަބުދުއްރަހީމުގެ ގޭގައި ހުންނަ ފޮއްޓަކުން ނަގައިގެން ނޫން ކަމަށެވެ. އަދި އެއީ މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ ފައިސާއިން ދޭ އެއްޗެއް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ކަންކަން ވާގޮރތް އެންމެނަށް އެބައެނގޭ ކަމަށާއި މިވެރިކަން ބަދަލުވާނެކަން އަދި އެއީ ވަރަށް ކައިރީގައި އޮތް ކަމެއްކަން އެންމެނަށް ޔަޤީން ކުރެވޭ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތެއްގެ ބިރެއްނެތި އިލެކްޝަންސް ކޮމިޝަނުން މިނިވަން ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ވެރިކަން ބަދަލުވާނެކަން އެކޮމިޝަނަށް އެނގޭއިރު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ޕާޓީތައް އުވާލުމަކީ ހައްލެއް ނޫންކަމަށްވެސް ޢަލީ ހުސައިން ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތައް އުވާލައިގެން ހައްލެއް ނާންނާނެ، މިހާރުވެސް ހުރިހާ ޕާޓީތަކުގެ ލީޑަރުން އެތިބީ ޖަލުގައި އެކަމަކު މަސައްކަތަށް ބުރުލެއް ނާރާ، ސިޔާސީ ޕާޓީތައް އުވާލުމަކީ ޔާމީނަށް އޮތް ހައްލެއް ނޫން، އޮތް ހަމައެކަނި އޮތް ހައްލަކީ ގާނޫނީ މަގަށް ރުޖޫއަވުން. އެހެންނަމަވެސް މިހާރު މިފެންނަނީ ހުރިހާ ދިމާއަކުވެސް ރައީސް ޔާމިން ފިތިފައިވާ މަންޒަރު އެހެންވީމާ މިވެރިކަން މިދަނީ ނިމެމުން" އަލީ ހުސެއިން ވިދާޅުވިއެވެ.

ޖަލުގައި ބަންދު ކުރެވޭ މީހުންނާމެދު ތަފާތު ކުރުންތައް ގެންގުޅުމާއި، ސާފު ބޯފެނާއި އެހެނިހެން ހައްގުތައް އެފަރާތްތަކަށް ނުލިބޭ މައްސަލަ ފާހަގަކޮށް އަލީ ހުސައިންވެސް ވަނީ މިއަދުގެ ޕރެސްކޮންފަރެންސްގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންކަމަށް ބުނެ ޖަލުގައި މީހުން ބަންދުކުރުމަށްފަހު ނުހައްގުން ޖަލުގައި ތިބޭ މީހުންނާމެދު އަނިޔާވެރިކޮށް އަމަލު ކޮށްގެން ނުވާނެ ކަމަށާއި، ބަންދުކުރި ސަބަބު ބުނެދީ އެމީހުންގެ ޝަރީއަތްތައް އަވަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްރަތަށް ނެރޭއިރު ކުރިމައްޗަށް ބިޑިއަޅުވާފައި ތިބުމާއި ގައިދީންނަށް ސާފު ބޯފެން ނުލިބޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތުވެސް އެކަށީވެންވާ ގޮތަށް ނުދިނުމުގެ އިތުރުން  ވަކީލުންނާއި ބައްދަލު ކުރުމަށްދޭ ފުރުސަތުވެސް މިހާރު ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް