ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 16:04
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް
ޓްވިޓަރ
ތައްޔިބުގެ މެސެޖް
ތައްޔިބުގެ ސުވާލު ދިރާގަށް: ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދޭން ކުރި އަމުރު އިސްތިއުނާފު ނުކުރީ ކީއްވެ؟
ސިމްކާޑް އެކްސެސް ދިނީ ކޯޓުން އެންގުމުން ކަމަށް ދިރާގުން ބުނޭ
ދިރާގު އެކަން ކުރީ ގާނޫނާ އެއްގޮތަށް ކަމަށް ތައްޔިބު ގަބޫލެއް ނުކުރޭ
ކޭމުން ބުނަނީ މުއާސަލާތީ ހިދުމަތްތަކާއި ފަރުދުންގެ މުއާސަލާތުތައް ޓެލިކޮމިއުނިކޭޝަން ގާނޫނާއި ޓެލިކޮމިއުނިކޭޝަން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ރައްކާތެރި ކުރެވިފައިވާ

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމްގެ ދިރާގުގެ ސިމް ކާޑްގެ އެކްސެސް ފުލުހުންނަށް ދިނުމަށް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުގެ ބަދަލުގައި ވަގުތުން ތަންފީޒުކުރީ ކީއްވެތޯ ސާފު ކުރުމަށް ތައްޔިބުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ދިރާގުގައި އެދިއްޖެ އެވެ.

ތައްޔިބު ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށް އެ ކުންފުނީގައި ތައްޔިބު އެދުމުން އެ ކުންފުނިން ބުނެފައިވަނީ ކޯޓުން ކޮށްފައިވާ އަމުރަކާ އެއްގޮތަށް ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދީފައިވާ ކަމަށެވެ. މި މަހުގެ 8 ވަނަ ދުވަހު ދިރާގުން ތައްޔިބަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ތައްޔިބުގެ ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދިނީ ކްރިމިނަލް ކޯޓުން އެ ކުންފުނީގެ މައްޗަށް އެގޮތަށް އަމަލު ކުރަން އަމުރު ކުރުމުން ކަމަށެވެ.

އެ ސިޓީއާ ހަވާލާދީ ތައްޔިބުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު މި މަހުގެ ނުވަ ވަނަ ދުވަހު ދިރާގަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޓެލްކޮމިއުނިކޭޝަންގެ ގާނޫނުގެ 50 ވަނަ މާއްދާގެ(ހ)ގެ 5 ވަނަ ނަމްބަރާއި 6 ވަނަ ނަމްބަރުގެ ދަށުން މީހެއްގެ ސިމް ކާޑުގެ އެކްސެސް އެގޮތަށް އެހެން ފަރާތަކަށް ދޫނުކުރެވޭނެ ކަމަށެވެ.

ހަމަ އެހެންމެ އެ ކުންފުންޏަށް ކޯޓުން އަމުރު ކުރެވޭނީ އަދި ކޯޓު އަމުރެއްގެ ދަށުން ދިނުން ލާޒިމް ވާނީ ވެސް ތައްޔިބުގެ މުއާމަލާތްތަކާއި ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތައް އެކަނި ކަމަށްވެސް ތައްޔިބުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ތައްޔިބުގެ ނަމުގައި ދޫކޮށްފައިވާ ސިމް ކާޑު ހިދުމަތް ބޭނުން ކޮށްގެން ފުލުހުން މިހާރު ކުރަމުން ގެންދާ މުއާމާލަތްތަކުގެ ހިދުމަތުގެ ފީއަށް ތައްޔިބު ޒިންމާވާން ޖެހޭނެކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް ވެސް ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދިރާގުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ތައްތިބާ ގުޅުން ހުރި އަމުރަކަށްވާތީ އެ އަމުރުގެ ކޮޕީއެއް ފޮނުވާދޭން ވެސް ވަކީލު އެދިވަޑައިގެންފައިވެ އެވެ.

ތައްޔިބުގެ ސިމް ކާޑުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ވެސް ބަޔާނެއް ވަނީ ނެރެފަ އެވެ.  އެ ބަޔާނުގައި ބުނެފައިވަނީ މުއާސަލާތީ ހިދުމަތްތަކާއި ފަރުދުންގެ މުއާސަލާތުތައް ޓެލިކޮމިއުނިކޭޝަން ގާނޫނާއި ޓެލިކޮމިއުނިކޭޝަން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިގޮތުން މުއާސަލާތުގެ ރައްކާތެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް މުއާސަލާތީ ހިދުމަތްދޭ ހުރިހާ ޓެލިކޮމިއުނިކޭޝަން ކުންފުނިތަކުންވެސް ކުރާނީ ރާއްޖޭގެ އެންމެހާ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ޔަގީންކަން އަރުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް